Advertisement

އިޒްރޭލުން ލުބުނާނަށް ބޮން އެޅުން: މަރުވި މީހުންގެ އަދަދު 700 އިން މައްޗަށް

28 ސެޕްޓެންބަރު 2024 - 08:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޒްރޭލުން ލުބްނާނަށް ހަމަލާ ދިނުން: ހަމަލާގައި އެއްފަހަރާ ހަ އިމާރާތް ވަނީ ބިމާ ހަމަކޮށްފައި -- ފޮޓޯ: އެކްސް


އިޒްރޭލުން ލުބުނާނަށް ބޮން އެޅުން: މަރުވި މީހުންގެ އަދަދު 700 އިން މައްޗަށް

28 ސެޕްޓެންބަރު 2024 - 08:28 0

އިޒްރޭލުން ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ރޭ ދިން ހަަމަލާތަކުގައި އެއްފަހަރާ ހަ އިމާރާތް ބިމާ ހަމަކޮށްލި އިރު އިޒްރޭލުގެ އުދުވާނުގައި ލުބުނާނުން މަރުވި މީހުންގެ އަދަދު 700 އަށް ވުރެ މަތިވެއްޖެ އެެވެ.

ލުބްނާނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ "އަލް ޖަޒީރާ" އިން ބުނީ ރޭގެ ހަމަލާގައި ދެ މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާއިރު، ހަލާކުވި އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިޒްރޭލުން ބުނީ އެ ހަމަލާތައް އަމާޒުކުރީ ހިޒްބުﷲ ގެ ކޮމާންޑް ސެންޓަރަކަށް ކަމަށެވެ. އެހެން ނަމަވެސް ހަމަލާދިނީ އާއްމުން ދިރިއުޅޭ އިމާރާތްތަކަށް ކަމަށް ވާއިރު އެ ހަމަލާތަކުގައި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ އަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އިޒްރޭލުން ގެންދަނީ ބެއިރޫތުގައި ދިރިއުޅޭ މީހުން އެހެން ތަންތަނަށް ދާން އިންޒާރުދެމުންނެވެ. އެއާއެކު ބައެއް މީހުން ވެރިރަށް ދޫކޮށް އެހެން ސަރަހައްދުތަކަށް އަންނަނީ ބަދަލުވަމުންނެވެ.

އިޒްރޭލުން ލުބްނާނަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން މެދުނުކެނޑި ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ.

ލުބްނާނުގެ އިތުރުން ފަލަސްތީނުގެ ގާޒާގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 41،534 މީހުން ވަނީ މަރާލާފަ އެވެ.

އިޒްރޭލުން ހިންގާ ގަތުލްއާންމު ހުއްޓާލުމަށް އެކި ގައުމުތައް ގުޅިގެން ގޮވާލި ނަމަވެސް، އިޒްރޭލުން އެކަމަށް އިޖާބަ ނުދީ ހަމަލާތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ.