Advertisement

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފި

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ: އޭނާ ޝަހީދު ކޮށްލި ކަމަށް އިޒްރޭލުން ވަނީ ބުނެފައި


ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފި

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ އަަވަހާރަކޮށްލާފައި ކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ލުބްނާނަށް ދިން ވަރުގަދަ ހަމަލާތަކުގައި ނަސްރުﷲ މަރާލާފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ހިޒްބުﷲ އިން މިހާތަނަށް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމުގައި ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ރޭ ދީފައިވާއިރު، އެ ގައުމުން ބުނީ ހަމަލާތައް އަމާޒުވީ ހިޒްބުﷲ ގެ ކޮމާންޑް ސެންޓަރަކަށް ކަމަށެވެ.

އެ ހަމަލާގައި ހަ އިމާރާތެއް ބިމާ ހަމަކޮށްލާފައިވާއިރު، ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި އިޒްރޭލުން ލުބްނާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 700 އަށްވުރެ ވަނީ އިތުރުވެފަ އެވެ.

އިޒްރޭލުން ލުބްނާނުގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 41،586 އަށް އަރާފަ އެވެ.

އިޒްރޭލުން ހިންގާ ގަތުލް އާންމު ހުއްޓާލަން ބޭރުގެ ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި އިޒްރޭލުން އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.