Advertisement

ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް

26 ސެޕްޓެންބަރު 2024 - 14:36 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުރަތަމަ ސެމިސްޓަރުގެ ރިޕޯޓު ފޮތް ހިފައިގެން ހިރިޔާ ސްކޫލުގެ ދަރިވަރަކު ގެއަށް ދަނީ -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި ދަރިވަރުން ޗުއްޓީއަށް

26 ސެޕްޓެންބަރު 2024 - 14:36 0

މި އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމި ދަރިވަރުންނަށް މިއަދު ރިޕޯޓު ފޮތްތައް ބަހައިިފި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް މިއަދު ރިޕޯޓު ފޮތް ބެހިއިރު، ކުރިއަށް އޮތް ހަފުތާ އެއްކޮށް ސްކޫލްތައް ބަންދުވާނެ އެވެ. ދެވަނަ ސެމިސްޓާގެ ކިޔެވުން ފެށޭނީ އޮކްޓޯބަރު 6، ގަ އެވެ.

ދެވަނަ ސެމިސްޓާގެ ކިޔެވުން އަހަރުގެ ފަހުކޮޅަށް މިއަހަރު ބަދަލުވީ ދިރާސީ އައު އަހަރު ފެށޭ ދުވަސް މީލާދީ އަހަރާ އެއްގޮތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން އެކަޑެމިކް ކަލަންޑަރަށް ގެނައި ބަދަލާ އެކު އެވެ.

މި އަހަރުގެ ކިޔެވުން ފެށީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. އޭގެ ތެރެއިން 83،000 އެއްހައި ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ދަނީ ސަރުކާރުގެ ސްކޫލުތަކުގަ އެވެ.

އެޑިއުކޭޝަން މިނިސްޓަރީގެ ތަފާސް ހިސާބުތަކަށް ބަލާޢިރު، ސަރުކާރުގެ ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން 17،000 އެއްހައި ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ.

ސްކޫލުތަކުގެ ރިޕޯޓު ފޮތް މިއަދު ދަރިވަރުންނަށް ދިންއިރު، މި އަންނަ ހަފުތާގައި އާންމުކޮށް ރާއްޖެ ސަރަހައްދަށް މޫސުން ރަނގަޅު ވާނެ ކަމަށް މޫސުން ލަފާ ކުރާ ގޮތް ބެލޭ އެޕްލިކޭޝަންތަކުން ދައްކަ އެވެ.