Advertisement

ބަޔާން މައްސަލައިގައި ތައްޔިބު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

26 ސެޕްޓެންބަރު 2024 - 12:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބަޔާން މައްސަލައިގައި ތައްޔިބު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

26 ސެޕްޓެންބަރު 2024 - 12:03 0

ސައްހަ ނޫން ބަޔާނެއް ދައުރު ކުރަމުންދާ މައްސަލައިގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ތައްޔިބު އެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ސުވާލުކުރި ކޮން ދުވަހަކު ކަމެއް އެ އިދާރާއިން ނުބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ސެޕްޓެމްބަރު 12، ގައި ތައްޔިބުގެ ފޯނާއި އިލެކްޓްރޯނިކް ވަސީލަތްތައް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު މިހާތަނަށް ސައްހަ ނޫން އެ ބަޔާން ތައްޔިބު ދައުރުކުރިކަން ކަށަވަރު ކުރެވޭ ވަރުގެ ހެކި އެ އިދާރާއަށް ލިބިފައިވާ ކަމަށް ފުލުހުން ނުބުނެ އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ތައްޔިބު އޭރު ގެންގުޅުން ސިމް ފުލުހުން ކްލޯން ކުރި އެވެ. އެއީ ކޯޓު އަމުރެއްގެ ދަށުން ދިރާގުން ފުލުހުންނަށް ފަހިކޮށްދިން ކަމެކެވެ.

ތައްޔިބުގެ ޓްވިޓާ ފޮލޮވަރުންގެ އަދަދު 51,500 އަށްވުރެ އިތުރުއިރު އޭނާ ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް އޭނާ އަދާކުރި އެވެ.