Advertisement

ރައީސް އަށް މަރުގެ އިންޒާ ދިން މައްސަލާގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

26 ސެޕްޓެންބަރު 2024 - 16:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހަކު ކްރައިމް ސީންއެއްގައި: ރައީސް އަށް މަރުގެ އިންޒާ ދިން މައްސަލާގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރާ ކަމަށް ފުލުހުން ބުނެފި --- ފޮޓޯ: ރައީސް އޮފީސް


ރައީސް އަށް މަރުގެ އިންޒާ ދިން މައްސަލާގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

26 ސެޕްޓެންބަރު 2024 - 16:15 0

ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލަ ބަލަން ފެށީ ރޭގަ އެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރައީސް އަށް މަރުގެ އިންޒާރުދިން މައްސަލާގައި މީހަކު ހައްޔަރު ނުކުރި ނަމަވެސް މި މައްސަލަ އެ ހިދުމަތުން ބަލަމުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގަ އެވެ.

ރައީސް "މަރާލާނެ" ކަަމަށް ބުނެ މީހަކު ކޮމެންޓު ކުރީ އެމަނިކުފާނު އދ. ގެ ގައުމީ އާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްދާ އިވެންޓެއްގައި ތަގުރީރު ކުރައްވާ މަންޒަރު ފޭސްބުކް މެދުވެރިކޮށް ގެނެސްދެމުންދިޔަ ލައިވް އެއްގަ އެވެ.

ރައީސް އަށް އިންޒާރުދިނީ އަސްލު އެކައުންޓަކުން ކަމެއް ނުވަތަ މީހެއްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހިންގާ ފޭކު އެކައުންޓަކުން ކަމެއް ކަށަވަރެއް ނުވެ އެވެ. ފުލުހުންގެ އެކަމާ ގުޅިގެން ބަހެއް ނުބުނެ އެވެ.

އދ. ގެ ގައުމީ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހުގައި ބައިވެރިވެޑައިގަތުމަށް ރައީސް މުއިއްޒު މިހާރު ހުންނެވީ އެމެރިކާގެ ނިއުޔޯކުގަ އެވެ.