Advertisement

ޓިޝޫގަނޑަކަށް ލާފައި އޮތް ޖޫސްޕެޓީ ކޮތަޅުން މަސްތުވާތަކެތި ފެނުމުން އުމުރަށް ޖަލަށް

27 ސެޕްޓެންބަރު 2024 - 11:47 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ނައްތާލުމަށް ފުލުހުން ތައްޔާރުކޮށްފައިވާ މަސްތުވާތަކެތި. ޓިޝޫ ގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މީހަކު އުމުރަށް ޖަލަށްލުމަށް މިއަދު ވަނީ ހުކުމްކޮށްފަ.---ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު


ޓިޝޫގަނޑަކަށް ލާފައި އޮތް ޖޫސްޕެޓީ ކޮތަޅުން މަސްތުވާތަކެތި ފެނުމުން އުމުރަށް ޖަލަށް

27 ސެޕްޓެންބަރު 2024 - 11:47 0

ޓިޝޫގަނޑަކަށް ލާފައި ޖީބުގެ ތެރޭގައި އޮތް ޖޫސްޕެޓީ ކޮތަޅުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ، މ.ބޮއިލިންފިޝް، އަބްދުލްވާހިދު ހާމިދަށެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލެއިން މާލެއަށް މަސްތުވާތަކެތި ހިފައިގެން ދާކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ހާމިދު ހައްޔަރުކުރީ މާލެ ބޮޑުތަކުރުފާނު މަގު އުސްފަސްގަނޑު ކައިރިންް ދަނިކޮށް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރުމަށްފަހު އެވެ. އޭނާ ބަލައި ފާސްކުރިއިރު ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 100 ގުރާމު ހުއްޓެވެ.

ކްރިމިނަލް ކޯޓުން ނިމުނު ހަފުތާގެ ތެރޭގައި ކުރި ހުކުމުގައި ވާގޮތުގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަށް ހާމިދު އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބެލުމަށްފަހު ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ހާމިދު 25 އަހަރަށް ޖަލަށްލާން ހުކުމް ކުރުމާއެކެީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ވެސް ކުރި އެވެ. މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބެވެ. ކޯޓުން ވަނީ ޖޫރިމަނާގެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އަމުރުކޮށްފަ އެވެ.