Advertisement

ޕްރިޒަން ކްލަބްގެ ލައްކައަކަށް ވުރެ ގިނަ ރުފިޔާ އެ ކްލަބްގެ ރައީސް ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް

25 ސެޕްޓެންބަރު 2024 - 11:07 4

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކަރެކްޝަނަލް ސާވިސްގެ ޖަލްސާއެއްގައި އޮފިސަރުންތަކެއް ބައިވެރިވަނީ. ޕްރިޒަންސް ކްލަބަކީ ކަރެކްޝަންސްގެ މުވައްޒަފުންގެ ކްލަބެއް. އަދަދު/ފައިލް ފޮޓޯ


ޕްރިޒަން ކްލަބްގެ ލައްކައަކަށް ވުރެ ގިނަ ރުފިޔާ އެ ކްލަބްގެ ރައީސް ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް

25 ސެޕްޓެންބަރު 2024 - 11:07 4

ޕްރިޒަންސް ކްލަބްގެ ލައްކައަކަށް ވުރެ ގިނަ ފައިސާ އެ ކްލަބްގެ ރައީސް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފް އަމިއްލަ ކަންކަމަށް ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅި ޝަކުވާއެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަަން ފަށައިފި އެވެ.

ޕްރިޒަންސް ކްލަބްގެ ފައިސާގެ މައިގަނޑު ވަސީލަތަކީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި އިދާރީ މުވައްޒަފުންގެ އަތުން ނަގާ ޗަންދާ އެވެ.

އެ ކްލަބްގެ ފައިސާ އާސިފްގެ އަމިއްލަ ބޭނުންތަކަށް، އެ އެކި އެކައުންޓްތަކަށް ޓްރާންސްފާކޮށްފައިވާ މައްސަލަ ބަލައިދޭން އެދި ކަރެކްޝަނަލް ސާވިސްގެ 35 އޮފިސަރަކު ސޮއިކޮށް، ކަމިޝަނާ އޮފް ޕްރިޒަންސް ހަސަން ރަރީޒަށް ފޮނުވި ޕެޓިޝަނާއި އެ ޕެޓިޝަނަށް އޭނާ ދެއްވި ޖަވާބު އަދި ފައިސާ ޓްރާންސްފާކުރިކަން އެނގޭ ލިޔެކިއުންތަކެއް ކަމަށް ބުނާ ލިޔެކިއުންތަކެއް "އަދަދު" އަށް ލިބުނެވެ.

ހެކީގެ ގޮތުގައި އެ ލިޔެކިއުންތައް ހުށަހަޅައި އޮފިސަރުން ޒަރީރަށް ފޮނުވި ޕެޓިޝަނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އާސިފް ވަނީ ޕްރިޒަންސް ކްލަބްގެ އެކައުންޓުން އެހެން އެކައުންޓްތަކަށް ޖުމްލަ 183،871.73.ރ ( އެއް ލައްކަ އަށްޑިހަ ތިން ހާސް އަށް ސަތޭކަ ހަތްދިހަ އެއް ރުފިޔާ 73 ލާރި) ޓްރާންސްފާ ކޮށްފަ އެވެ.

ފައިސާ ޓްރާންސްފާ ކުރި އެކައުންޓްތަކުގެ ތެރޭގައި ވިޔަފާރިތަކާއި ފަރުދުންގެ އެކައުންޓްތައް ހިމެނެ އެވެ.

ޕެޓިޝަނުގައި އޮފިސަރުން އެދިފައި އޮތީ އެ ފައިސާ އަނބުރާ ހޯދުމާ އެކު އާސިފަށް ފިޔަވަޅު އަޅައިދުމަށެވެ.

އެ ޕެޓިޝަނަށް ދެއްވި ޖަވާބުގައި ޒަރީރު ވިދާޅުވެފައިވާ ގޮތުގަައި އާސިފް ހިންގި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ނުރަސްމީކޮށް ލިބިގެން، އެ މައްސަލަ ބަލަން އިންކުއަރީއެއް ފަށާފައިވާ ކަމަށެެވެ. އެ އިންކްއަރީ ފެށީ ސިޓީން އެނގޭ ގޮތުގައި އޮގަސްޓް 15، 2024 ގަ އެވެ.