24 ސެޕްޓެންބަރު 2024 - 17:28 1
މުހައްމަދު ޝަހްޒާން
24 ސެޕްޓެންބަރު 2024 - 17:28 1
އެމްޑީޕީ ސަރުކާރުގައި ފެނަކައާ ހަވާލު ކޮށްފައި އޮތް 16 ރަށެއްގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތަކެއް ބާތިލުކޮށްފި އެވެ.
ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޑިރެކްޓަރު، ވާހިދު މުހައްމަދު ވިދާޅުވީ އެ ޕްރޮޖެކްޓުތައް ބާތިލު ކުރީ އެ ކުންފުންޏަށް އެ ޕްރޮޖެކްޓުތައް ހިންގައިގެން ވާނެ ގެއްލުން ބޮޑުވުމުން ކަމަށެވެ.
"މި ޕްރޮޖެކްޓުތައް ހުރީ މިނިސްޓަރީއާ އެކުގައި ކޮންޓްރެކްޓު ހެދުނު ވެލިއުއަށް ވުރެ، ސަބް ކޮންޓްރެކްޓު ކުރެވިފައި ހުރި ވެލިއުތައް އެ ކޮމްޕޯނަންޓަށް ބޮޑުކޮށް. ދެން މައިގަނޑު ގޮތެއްގައި މި ޕްރޮޖެކްޓުތައް މި ހުރި ގޮތަށް ގޮސް ނިންމާލައިފި ކަމަށްވަންޏާ ގާތްގަނޑަކަށް 170 ވަރަކަށް މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ގެއްލުންވާނެ، އަޅުގަނޑުމެން މިހާތަނަށް އެސްޓިމޭޓު ކުރާ ގޮތުން،" ވާހިދު ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓުތަކަށް ކޮށްފައި ހުރި ހަރަދުތަކުގެ ތަފުސީލު ވެސް އެނގޭނޭހެން ބަލަހައްޓާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ޕްރޮޖެކްޓުތައް ހިންގަން އެޑްވާންސްގެ ގޮތުގައި ފެނަކައަށް ލިބުނު ފައިސާ ބޭނުން ކުރީ ވެސް ރަނގަޅު ގޮތުގައިކަން ނޭނގޭ ކަމަށް ވާހިދު ވިދާޅުވި އެވެ.
ސޯޅަ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައާ ހަވާލު ކުރި ނަމަވެސް އެ ކުންފުނީގައި އެ މަސައްކަތްތައް ކުރަން ބޭނުންވާ އިކުއިޕްމެންޓުތަކާއި މެޝިނަރީޒް ނެތް ކަމަށް ވާހިދު ވިދާޅުވި އެވެ.
"އެންމެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ޕްރޮޖެކްޓެއް ފަށަންޏާމުން އިކުއިޕްމެންޓާއި މީހުންނާއި ޑްރިލްސްއާ މިހުރިހާ އެއްޗެއް ވެސް ހުންނަންޖެހޭނެ. ފެނާ ނަރުދަމާގެ މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ އެކްސްކެވޭޓަރެއް އެއްޗެއް ވެސް ނެތް ޕިކަޕެއް ލޮރީއެއް އެކަހަލަ އެއްޗެއް ވެސް ނެތް. މިއިން ކޮންމެ އެއްޗެއް މި ހުންނަނީ ކުއްޔަށް ނަގާފައި. ދެން މީގެ ސަބަބުން މަސައްކަތް ނުކުރެވޭ ދުވަސްދުވަހަށް ވެސް ކުލި ދައްކަންޖެހޭ،" ވާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމުލަ 618 މިލިއަން ރުފިޔާގެ މަސައްކަތް ފެނަކައާ އެކު ކޮންޓްރެކްޓު ކުރެވިފައި ހުރި ކަމަށާއި އޭގެ ތެރެއިން 439 މިލިއަން ރުފިޔާ މަސައްކަތް ސަބް ކޮންޓްރެކްޓު ކޮށްފައި ހުރި ކަމަށެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް ކޮންޓްރެކްޓަރުންނަށް 55 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ކުރަމުން ދަނީ އެ ޕްރޮޖެކްޓުތައް ޓާމިނޭޓު ކުރުމުގެ މަސައްކަތް ކަމަށް ވާހިދު ވިދާޅުވި އެވެ.
ބާތިލު ކުރަން ނިންމި ޕްރޮޖެކްޓުތަށް ހިންގަން ކުރީ ސަރުކާރުން ހަވާލު ކޮށްފައި ހުރި ކަމަށް އެ ބައްދަލުވުމަށް ދައުވަތު ދިން ނޫސްތަކުން ރިޕޯޓު ކޮށްފައި ހުރީ:
މިކަމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، މުއާޒުއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް ނުލިބުނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އާސްތު ގާހިރު
6 months ago
ހެޔޮނުވާނެ ޝަކީލޫ. މިފަހަރު ހައްޖުގައިވެސް 1200 މީހުންގެ މަގުން ބަޖެޓުން ލާރި ނަގާފައި 900 މީހުންގެ ޖާގައިގެ ތަނެއް މިނާއިން ނެގީ. ހައްޖަށްދިޔަ މީހުން އެކެއްގެ ގައިމަތިން އަނެކަކު ހިނގީ. ކަލޭ اللهއަށް ބިރުވެތިވެބަލަ. ދެބެން ވެގެން މެންޑޭޓުގައި ނުވެސް ނެތްކަމެއް ތިފެށީ ހައްޖުވެރިންގެ ލާރިކޮޅު ތަޅާލަން. އީސީ ގައި އުޅުނުއިރުވެސް ކޮރަޕްޝަން. އަންހެނުން ކަންތައްވެސް ހައްދު ފަހަނާޅާފައި. ހައްޖު ކޯޕަރޭޝަނުގެ އެޗްއާރު މަންޖެއާވެސް އެފަދަ.
Comment