Advertisement

އިންޑިއާ މެޗުގައި ކުުޅުން ރަަނގަޅު ކުރަންޖެހޭ: މުހައްމަދު

24 ސެޕްޓެންބަރު 2024 - 06:56 0

17 އަހަރުން


އިންޑިއާ މެޗުގައި ކުުޅުން ރަަނގަޅު ކުރަންޖެހޭ: މުހައްމަދު

24 ސެޕްޓެންބަރު 2024 - 06:56 0

ބޫޓާނުގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖެ އަށް ފުރަތަމަ މެޗަށް ވުރެ ކުޅުން ރަނގަޅުކުރެވޭނެ ކަމަށް ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

ރާއްޖޭން ވަނީ ފުރަތަމަ މެޗުގަައި، އެންމެ ފަހުގެ ރަނަރަޕްއާ 1-1 އިން އެއްވަރުކޮށްފަ އެވެ. އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ބުނީ، ރޭވި ގޮތަށް އެ ގޭމް ކުޅެން އުނދަގޫވީ ސަބަބުތަކެއް ހުރުމުން ކަމަށެެވެ.

"ކަންދިމާކުރިގޮތުން ފެނުނީ އެ މީހުން ތަންކޮޅެއް ވަރުގަދަކޮށް ތިބިތަން. އަަހަރެމެންގެ ގޭމް ނުކުޅެވުނަސް މެނޭޖް ކުރެވުނު، ފަހަރެއްގައި ވެދާނެ ފުރަތަމަ މެޗު ކަމަށްވީމަ ވެސް. ދެން މޫސުމުގެ ސަބަބުން ކަމަށް ވެސް. މި ކަންކަން ދިޔައީ އަހަރެމެންނަށް އެންމެ ރަނގަޅަކަށް ނޫން،" މުހައްމަދު ބުންޏެވެ.

"ނަސީބު ވެސް އަހަރެމެންނަށް އެންމެ ރަނގަޅެކޭ ނުބުނެވޭނެ. ވަރަށް ގިނަ ކުޅުންތެރިން ބަލިވެ އުޅުނީ، ހުން ޖެހިގެންނާއި ރޯގާ އާއި އެ ކަހަލަ ބަލިތަކުގައި. މި ހުރިހާ ކަމެއް މިހެން ހުއްޓައި ވެސް އެ މީހުން ޑްރޯއެއް ކުރީމަ އަހަރެން ހިތްހަމަޖެހޭ. އުންމީދަކީ އިންޑިއާ މެޗުގައި ފުރަތަމަ މެޗަށް ވުރެ ރަނގަޅަށް ކުޅުން،"

ތިން ޓީމު ވާދަކުރާ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ވަނީ އިންޑިއާ އަތުން 1-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖެއާ 1-1 އިން އެއްވަރުވެ، ބަންގްލަދޭޝްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މި ވަނީ ނިމިފަ އެވެ. އިންޑިއާ، މި ވަގުތު ގްރޫޕްގެ އެއް ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރާއްޖެ އާއި ތިން ވަނައިގައި އޮތް ބަންގްލަދޭޝަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ގްރޫޕްގެ ފަހު މެޗުގައި މިއަދު އިންޑިއާއާ އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީ ފައިނަލަށް ދެވޭނެ އެވެ. މިދިޔަ އަހަރުގެ ސާފް 16 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ އިން ވަނީ 8-0 އިން ރާއްޖެ ބަލިކޮށްފަ އެވެ.

އިންޑިއާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު 5 ޖަހާއިރު އެވެ.