Advertisement

އޭއެފްސީ ކޮލިފައިން: 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ފުރަތަމަ ދެ މެޗުގައި ނާކާމިޔާބު

24 ނޮވެންބަރު 2025 - 21:37 1

ތުރުކުމެނިސްތާން ކުޅުންތެރިން ރާއްޖޭގެ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްސީ


އޭއެފްސީ ކޮލިފައިން: 17 އަހަރުން ދަށުގެ ގައުމީ ޓީމަށް ފުރަތަމަ ދެ މެޗުގައި ނާކާމިޔާބު

24 ނޮވެންބަރު 2025 - 21:37 1

އަންނަ އަހަރު ސައުދީ އަރަބިއްޔާގައި ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ބުރުގައި، ރާއްޖޭން ގްރޫޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ، ގްރޫޕް އެފްގެ މެޗުތައް ކުރިއަށްދަނީ ތައިލެންޑުގެ ޗޮންބުރީގަ އެވެ. މި ގްރޫޕްގައި ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ދެން ހިމެނެނީ، މޮންގޯލިއާ، ތުރުކުމެނިސްތާން އަދި ކުވެއިތު އެވެ.

ތައިލެންޑުގެ ޗޮންބުރީ ސްޓޭޑިއަމްގައި ކުޅޭ މި ކޮލިފައިންގައި، ރާއްޖޭން ކުޅުނު ފުރަތަަމަ މެޗުގައި މޮންގޯލިއާ އަތުން ބަލިވީ 1-0 އިންނެވެ. މި މެޗުގައި، މޮންގޯލިއާ އިން ޖެހި ހަމައެކަނި ލަނޑަކީ، ފުރަތަަމަ ހާފުގެ އިތުރު ވަގުުތުގައި ރާއްޖޭގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ މެޗުގައި، މިއަދު ރާއްޖޭން ވަނީ ތުރުކުމެނިސްތާނާ ކުޅެފަ އެވެ. އެ މެޗުން ތުރުކުމެނިސްތާން 6-0 އިން މޮޅުވިއިރު، ފުރަތަަމަަ ހާފު ނިންމާލީ ދެ ގޯލުން ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފުގައި ތުރުކުމެނިސްތާނުން އިތުރު ހަތަރު ގޯލު ޖެހި އެވެ.

މި ވަގުތު ގްރޫޕް އެފްގެ ތާވަލަށް ބަލާއިރު، ރާއްޖެ ނޫން އަނެއް ހަތަރު ޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދެ މެޗު ކުޅެފައިވަނީ، ތުރުކުމެނިސްތާނާއި ރާއްޖޭންނެވެ. ތުރުކުމެނިސްތާން ވަނީ ފުރަތަމަ މެޗުން 1-0 އިން ކުވެއިތު އަތުން ބަލިވެފަ އެވެ.

ސޮބާހު މުހައްމަދުގެ ކޯޗުކަމުގައި ކުޅޭ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމުން ކުޅޭ ތިން ވަަނަ މެޗުގައި، ބުދަ ދުވަހު ކުޅޭނީ ތައިލެންޑާ އެވެ. އަދި، ގްރޫޕްގައި ރާއްޖޭން ކުޅޭ ފަހު މެޗުގައި، ހުކުރު ދުވަހު ކުވެއިތާ ބައްދަލުކުރާނެ އެވެ.