Advertisement

ބީއެމްއެލްއަށް އާ ސީއީއޯއެއް ހޯދަން އިއުލާނުކޮށްފި

22 ސެޕްޓެންބަރު 2024 - 18:26 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ބީއެމްއެލްގެ އިމާރާތް: އެ ކުންފުނިން ސީއީއޯއެއް ހޯދަން އިއުލާނު ކޮށްފައި މިވަނީ އެ މަގާމުގައި ހުންނެވި ކާލް ސްޓުމްކެ އިސްތިއުފާ ދެއްވުމުން -- ފޮޓޯ: އަދަދު


ބީއެމްއެލްއަށް އާ ސީއީއޯއެއް ހޯދަން އިއުލާނުކޮށްފި

22 ސެޕްޓެންބަރު 2024 - 18:26 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް މީހަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނުގައި ވަނިީ ސީއީއޯގެ ޒިންމާތަކާއި އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކާއި މުސާރައިގެ އިތުރުން ލިބޭނެ އިނާޔަތްތައް ހިމަނައިފަ އެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ކާލް ސްޓުމްކެ މިމަހުގެ އަށްވަނަ ދުވަހު އިސްތިއުފާ ދެެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ބީއެމްއެލް ބޭންކުގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ "މާލީ ބަގާވާތެއް" ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަދައި، އެކަމުގެ ތަހުގީގު ފުލުހުން ފަށާފައި ވަނިކޮށެވެ.

ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވިކަން ކާލް ބީއެމްއެލްއަށް އެންގީ ވެސް ދުބާއީގައި ހުންނަވައިގެންނެވެ.

ބީއެމްއެލްއިން ގެންނަން އުޅުނީ މާލީ ބަގާވާތެއް ކަމަށް ސަރުކާރުން ތުހުމަތު ކުރިފަހުން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.

އެގޮތުން އިއްޔެ ބޭއްވި ބީއެމްއެލްގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނުކޮށް، ޗެއާޕާސަނަކަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވިއަހްމަދު އަލީ ހަބީބް ވަނީ އައްޔަނުކޮށްފަ އެވެ.

ބީއެމްއެލް އާއި އެމްޑީޕީ ގުޅިގެން އޯގަސްޓު 25 ގައި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް އެ މައްސަލަ ތަހުގީގުކުރާކަން ފުލުހުން ހާމަކުރީ އޯގަސްޓު 26, ގެ ރޭ ގަ އެވެ.

ނަމަވެސް މިހައިތަނަށް އެކަމާ ގުޅިގެން އެއްވެސް މީހަކާ ސުވާލުކޮށް، ބަޔާނެއް ނަގާފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.