Advertisement

ކޭން އަށް ޖަރުމަނު ލީގުގައި ރެކޯޑެއް

22 ސެޕްޓެންބަރު 2024 - 17:35 0


ކޭން އަށް ޖަރުމަނު ލީގުގައި ރެކޯޑެއް

22 ސެޕްޓެންބަރު 2024 - 17:35 0

މިއުނިކް (ސެޕްޓެމްބަރު 22) - ޖަރުމަނު ލީގުގައި އެންމެ ގިނަ ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑް، ބަޔާން މިއުނިކްގެ އިންގްލެންޑް ފޯވާޑް، ހެރީ ކޭން މުގުރާލައިފި އެވެ.

ޖަރުމަނު ލީގުގައި ވާޑާ ބްރެމެން އަތުން 5-0 އިން ބަޔާން މޮޅުވި މެޗުގައި ކޭން ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ މިދިޔަ ސީޒަނުގައި ބަޔާނަށް ބަދަލުވި، ކޭން ލީގުގައި އެ ޓީމަށް ކުޅެދިން 36 މެޗުން ޖެހި 41 ވަނަ ލަނޑެވެ. މި ގޯލާ އެކު، ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް 40 ގޯލު ޖަހައިގެން ޖޭޑަން ސަންޗޯ ހަދާފައިވާ ރެކޯޑަށް ނިމުން އައީ އެވެ.

ސަންޗޯ ރެކޯޑް ހެދީ 118 މެޗު ކުޅެގެންނެވެ. އޭނާގެ ކުރިން އެ ރެކޯޑް ހެދި، ޓޯނީ ވުޑްކޮކް 39 ލަނޑު ޖެހީ 131 މެޗު ކުޅެގެންނެވެ. ކޭން އަށް ލީގުގެ އިނގިރޭސި ލަނޑު ޖެހުމުގެ ރެކޯޑް ހަދަން ބޭނުންވީ 36 މެޗެވެ.

ވިންސެންްޓް ކޮމްޕެނީގެ ކޯޗުކަމުގައި ތަފާތު ދައްކަމުން އަންނަ ބަޔާނުން ސީޒަނުގައި އަންނަނީ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުންނެވެ. އެ ގޮތުން، މި ފަހަރުގެ ސީޒަނުގައި ބަޔާނުން ދައްކާ އެޓޭކިން މޮޅު ކުޅުމަށް ގިނަ ބަޔަކު ތައުރީފުކުރެ އެވެ.

ބަޔާނަށް މި މެޗުގައި އަނެއް ލަނޑުތައް ޖެހީ، މައިކަލް އޮލީސޭ ދެ ގޯލާއި ސާޖް ގްނާބްރީ އަދި ޖަމާލް މުސިއާލާ ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.