Advertisement

ހުއްދަ ނުނަގާ އަނެއްކާ ވެސް ފަޒީސް ހިޖާމާ ތެރަޕީ ހިންގާތީ އެ މައްސަލަ ބަލަނީ

22 ސެޕްޓެންބަރު 2024 - 14:14 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ފަޒީޒް ހިޖާމާ ސާވިސަސް ހިންގާ ފަޒީ އެ ސެންޓަރުގައި: ހެލްތު މިނިސްޓްރީން އެދިގެން ފުލުހުން ދަނީ މިތަނުގެ މައްސަލަ ބަލަމުން. --- ފޮޓޯ: އިންޓަނެޓް


ހުއްދަ ނުނަގާ އަނެއްކާ ވެސް ފަޒީސް ހިޖާމާ ތެރަޕީ ހިންގާތީ އެ މައްސަލަ ބަލަނީ

22 ސެޕްޓެންބަރު 2024 - 14:14 0

"ފަޒީސް ހިޖާމާ ތެރަޕީ" ގެ ނަމުގައި ހުއްދަނެތި ހުޅުމާލޭގައި ހިޖާމާ ޖަހައިދިނުމުގެ މަސައްކަތް ކުރަމުން އަންނާތީ ހެލްތު މިނިސްޓްރީން އެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ހެލްތު މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ނުހޯދާ ހިންގަމުންދާ މި ކްލިނިކްގެ މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން މި ކްލިނިކުގެ މައްސަލައެއް ބަލާފައިވެ އެވެ. އެ ފަހަރު މައްސަލަ ހުށަހެޅީ ވެސް ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުންނެވެ. އެފަހަރު ފަޒީސް ހިޖާމާ ތެރަޕީ ސެންޓަރުން ވަނީ ހިޖާމާއިން ހަކުރު ބައްޔަށް ފަރުވާ ލިބޭނެ ކަމަށް ބުނެ އާންމުންނަށް އޮޅޭގޮތަށް މައުލޫމާތު ފަތުރައިފަ އެވެ.

ފަޒީސް ހިޖާމާ ތެރަޕީ އަކީ ފެށުނީއްސުރެރަޖިސްޓާ ނުކޮށް ހިންގަމުން އަންނަ ތަނެކެވެ. އެެހެންވެ 2019 ގައި ވެސް އެތަން ބަންދުކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ފަޒީސް ހިޖާމާ ތެރަޕީ ހިންގަމުން އަންނަ ފަޒީލާ އުސްމާނު (ފަޒީ) ވަނީ ރަޖިސްޓްރީ ނުކޮށް އެތަން ދެން ނުހިންގާނެ ކަމަށް މޭ 12، 2022 ގައި ބުނެފަ އެވެ.

ހުއްދަ ނުނަގާ ސިއްހީ ފަރުވާތައް ދޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސެޕްޓެމްބަރު 11، ގައި ހެލްތު މިނިސްޓްރީން ވަނީ ދީފަ އެވެ.

ހެލްތު މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ނުކޮށް، އަދި ލައިސެންސް ނެތި އެއްވެސް ބާވަތެއްގެ ސިއްހީ ހިދުމަތެއް ދިނުމަކީ ކުށެއް ކަމަށެވެ.

ހުއްދަ ނުނަގާ ނޫނީ ލައިސެންސް ބާތިލުކޮށްފައި ވަނިކޮށް ހިދުމަތް ދީފިނަމަ، އެތަން ބަންދުކޮށް ގިނަ އަދަދެއްގެ ފައިސާއިން ޖޫރިމަނާ ކުރުމުގެ ބާރު ހެލްތު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.