ފަޒީލާ ހިޖާމާ ޖެހުން ހުއްޓާލައިފި، ދެން މަސައްކަތް ކުރާނީ ރަޖިސްޓްރީ ކޮށްގެން

"ފަޒީސް ހިޖާމާ ތެރަޕީ" ހިންގާ ފަޒީލާ އުސްމާނު (ފަޒީ): އޭނާ ހިޖާމާ ޖެހުމުގެ މަސައްކަތް ފަށާފައި ވަނީ 2018ވަނަ އަހަރު--

"ފަޒީސް ހިޖާމާ ތެރަޕީ" ހިންގާ ފަޒީލާ އުސްމާނު (ފަޒީ): އޭނާ ހިޖާމާ ޖެހުމުގެ މަސައްކަތް ފަށާފައި ވަނީ 2018ވަނަ އަހަރު--

މިދިޔަ ހަފްތާ ތެރޭ ރާއްޖޭގެ ސޯޝަލް މީޑިއާ ފުރާލީ ހަކުރު ބަލީގެ ފަރުވާ އަށް އިންސިއުލިން ޖެހުމުގެ ބަދަލުގައި ހިޖާމާ ޖެހުމަށް "ފަޒީސް ހިޖާމާ ތެރަޕީ" އިން ކުރި ޕޯސްޓަކާ އެކު އެވެ. އެކަމާ ދެކޮޅަށް ޑޮކްޓަރުން ވާހަކަ ދައްކަމުން ދިޔައިރު އާންމުންގެ އެތައް ބަޔަކުވެސް އެ ވާހަކަ ދައްކަމުން ދިޔައީ ހިތްހަމަ ނުޖެހިގެންނެވެ.

ޑައިބެޓިކްސް ސޮސައިޓީ އާއި ހަކުރު ބަލީގައި އުޅެމުން އަންނަ މީހުންނާއި އެތައް ބަޔަކު އެކަމުގެ ނުރުހުން ފާޅުކުރަމުން ދާއިރު މީހެއްގެ ފުރާނަ ނުދަނީސް އެކަން ހުއްޓުވުމަށް ވެސް ދަނީ ގޮވާލަމުންނެވެ.

ސިއްހީ ފަރުވާގެ ނަމުގައި، ރާއްޖޭގައި ހިޖާމާ ޖަހަމުންގެންދާ ތަންތަނަކީ ރަސްމީކޮށް ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ތަންތަން ނޫން ކަމަށްވާތީ އެ ހިދުމަތް ހޯދުމުގައި ސަމާލުވާން ހެލްތު މިނިސްޓްރީން ވެސް އިލްތިމާސްކުރި އެވެ.

ނަމަވެސް އެ ތަނުގެ މަސައްކަތް ނުހުއްޓާ ކުރިއަށް ގެންދިޔައީ އެވެ. އެކަމާ ގުޅިގެން މިއަދު ފަޒީލާ އުސްމާނު (ފަޒީ) ވަނީ އަނެއްކާވެސް ހެލްތް މިނިސްޓްރީއަށް ހާޒިރު ކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު ފަޒީލާ ބުނީ ހުއްދަ ނަގައިގެން އެކަން ކުރުން އެއްވެސް މައްސަލައެއް ނެތް ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އެހެންކަމުން ދެން ހިޖާމާ ޖަހާނީ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު ޑިޕްލޮމާ ކޯހެއް ހަދަމުން މި އަންނަނީ. ސެޓްފިކެޓް ހުށަހެޅުމުން ހުއްދަ ލިބޭނެ ކަމަށް މިނިސްޓްރީން ވިދާޅުވި. އަޅުގަނޑު ކޯސް ނިމި ހުއްދަ ލިބުނުހާ އަވަހަކަށް މަސައްކަތް އަލުން ފަށާނަން،" އޭނާ ބުންޏެވެ.

މީގެ ކުރިން މިނިސްޓްރީން އެތައް ފަހަރަކު ނަސޭހަތްދީ އެތަން ހުއްޓާލުމަށް އެންގި ނަމަވެސް ހުއްޓާފައެއް ނުވެ އެވެ. އޭރު އޭނާ ބުނަމުން އައީ އޭނާގެ އަތުގައި ސެޓްފިކެޓް ނެތް ނަމަވެސް ހިޖާމާ ޖަހަން ރަނގަޅަށް ދަސްކޮޮށްފައިވާ ކަމަށެވެ.

ފަޒީލާ "އަދަދު"އަށް ކުރިން ބުނެފައި ވަނީ 2018ވަނަ އަހަރު ފެށި އެ މަސައްކަތް، މިނިސްޓްރީގައި އެ ތަން ރަޖިސްޓާ ކޮށްދިނުމަށް އެތައް ފަހަރަކު އެދުނު ނަމަވެސް މިނިސްޓްރީން އެކަން ކޮށްދީފައި ނުވާ ކަމަށެވެ.

ސަބަބަކީ އެ ތަން ހިނަގާތާ ހަ އަހަރުވެފައިވާ އިރުވެސް ފަޒީއަކީ އެއްވެސް ކޯހެއް ހަދާފައިވާ މީހަކަށް ނުވާތީ ކަމަށް އޭނާ ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު އަތުގަ ސެޓްފިކެޓެއް ނެތް. އަޅުގަނޑަކީ ދެކުދިންގެ މަންމައެއް. އަޅުގަނޑު ހެދީ ހަމައެކަނި އޯލެވެލް. އަޅުގަނޑަކީ މެޑިކަލް ޑޮކްޓަރެއް ނޫން. ނަރުހެއް ނޫން. އެކަމަކު ހިޖާމާ ޖަހާ މީހަކަށް މެޑިކަލް ފަރުވާ އަޅުގަނޑު ކިޔެވިން އަމިއްލައަށް. ހިޖާމާ ނޭޝަންގަވެސް އަޅުގަނޑު އިންނާނެ ބުނެފަ. އަޅުގަނޑަކީ ރީތިކޮށް އިނގިރޭސިބަހުން ވާހަކަ ދައްކަން ދަންނަ މީހެއް ނޫން. އެހެންވީމަ އަޅުގަނޑު އަމިއްލައަށްމީތި ކިޔަވައިގެން ކާމިޔާބުކޮށްފަމިއޮތީ،" ފަޒީ ބުންޏެވެ.

ހަކުރުބައްޔަށް ހިޖާމާއިން ޝިފާ ލިބޭތަ؟

ފަޒީގެ ހިޖާމާގެ ވާހަކަ ދެކެވެން ފެށީ ބައިގެން ދިއުމާއި ދަރިން ނުލިބޭ މައްސަލަތަކުން ހިޖާމާޖަހައިގެން ކުދިން ލިބޭ ކަމަށް އޭނާ ބުނަން ފެށި ހިސާބުންނެވެ. އޭރު އެ ވާހަކަ މީހުން ދެއްކީ ޕޮޒިޓިވް ކޮށް ކަމަށް ވިޔަަސް ބަލީގެ އިންސުލިން ޖަހަން ޖެހޭ ވައްތަރު، ހިޖާމާއިން ކޮންޓްރޯލް ކުރެވޭ ކަމަށް ބުނުމުން އެކަން ގޯސްވީ އެވެ.

ފަޒީ ބުނީ އޭނާ އަމިއްލައަށް ހަކުރުބަލީގައި ވާގޮތާއި ކުރަން ޖެހޭ ފަރުވާވެސް ކޮންމެ ވަރަކަށް ކިޔަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑުވެސް ހިޖާމާ ޖަހާ މީހެއްވީމަ "ކޮންމެވެސް ވަރަކަށް" ކިޔަވާފަ ހުރީ ޑައިބެޓިކްސްގެ ވައްތަރުތައް. އެއީ ފަރުވާދޭތީ އެމީހަކަށް އެނގެންޖެހޭ މިންވަރު. މިއީ އަޅުގަނޑަށް އެނގިގެން ކުރާ މަސައްކަތެއް. އެއީ ފަރުވާދޭ މީހަކަށް އިގެންޖެހޭ މިންވަރަކީ. ހަށިގަނޑުގެ އޯގަންތައް ހުންނަން ޖެހޭ ދިމަދިމާލާ، މިވެނި ބައްޔަކަށް ހިޖާމާ ޖަހަންޖެހޭ ދިމާ،" ފަޒީ ބުންޏެވެ.

ހިޖާމާ ނުވަތަ ކަޕިން ފެށިގެން އައި ޗައިނާގެ ސިއްހީ މާހިރުން ވިދާޅުވާ ގޮތުން ނަމަ އެހެން ފަރުވާތަކާއި އެކު ހިޖާމާ ބޭނުން ކުރުމުން ބައެއް ބަލި ތަކަށް ފަރުވާލިބުމުގައި އެހީއަކަށް ވެ އެވެ. ނަމަވެސް ދުނިޔޭގައި އުޅޭ ބޮޑެތި ބަލިތައް، ކެންސަރު، ހަކުރު ބަލި، ކިޑްނީގެ ބަލިތައް، ހިލައުފެދުން ފަދަ ބޮޑެތި ބަލިތަކަށް ހިޖާމާ އަކީ ފަރުވާއެއް ނޫންކަމަށް އެ މީހުން އިއްތިފާގުވެ އެވެ.

ކަން މިހެން އޮތްއިރު، ހިޖާމާ ޖަހައިގެން ނުކުންނަ ލެއިން ސަބަބުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުވޭތޯ ކަށަވަރުވާނެ ދިރާސާއެއް މިހައިތަނަށް ހަދާފައެއް ނެތެވެ. ނަމަވެސް ހިޖާމާގެ ފަރުވާ ދޭ ފަރާތްތަކުން ގަބޫލު ކުރާގޮތުގައި ހިޖާމާއިން ހަށިގަނޑު ސާފުކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox