Advertisement

ލަންކާ އިންތިހާބު: އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓު ހަމަ ނުވެ، ޕްރިފަރެންސް ވޯޓުތައް ގުނަން ފަށަނީ

22 ސެޕްޓެންބަރު 2024 - 12:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ޕޯލް ސްޓޭޝަންތަކުގެ އޮފިޝަލުން ހަރަކާތްތެރިވަނީ -- ފޮޓޯ: އޯޕީބީއެސް


ލަންކާ އިންތިހާބު: އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓު ހަމަ ނުވެ، ޕްރިފަރެންސް ވޯޓުތައް ގުނަން ފަށަނީ

22 ސެޕްޓެންބަރު 2024 - 12:37 0

ސްރީ ލަންކާގެ ރިޔާސީ އިންތިހާބުގައި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓަށްވުރެ ގިނައިން ވޯޓު ނުލިބި، ޕްރިފަރެންސް ވޯޓުތައް ގުނުމާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

އިންތިހާބުގެ ނަތީޖާ މިވަގުތާ ހަމައަށް ދައްކާ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަނޫރާ ކުމާރާ ޑިސަނަޔަކެ ކުރީގައި އުޅުއްވަނީ 2.7 މިލިއަން (39.5 ޕަސަންޓު) ވޯޓާއެކުގަ އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާ ސަޖިތު ޕްރެމަޑާސާއަށް ލިބިފައި ވަނީ 2.3 މިލިއަން (34.12 ޕަސަންޓު) ވޯޓެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ހަމަޖެހިފައި އޮންނަ ގޮތުން އެންމެ ރަނގަޅު ތިން ކެންޑިޑޭޓުންނަށް ވޯޓުލެވެ އެވެ.

ލަންކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އިންތިހާބުގައި ދެވަނައަށް އަދި ތިންވަނައަށް އެންމެ ގިނައިން ވޯޓުދިން ކެންޑިޑޭޓު ބެލުމަށް މިއަދު ދެވަނަ ފަހަރަށް ވޯޓު ގުނާނެ އެވެ.

އެއާއެކު ފަސްޓް ޗޮއިސްގެ ތެރެއިން އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓް އެލިމިނޭޓްކޮށް، ދެވަނަ ޗޮއިސްއަކަށް ޖަހާފައި ތިބި ކެންޑިޑޭޓުންނަށް އެ ވޯޓުތައް ބަހާލާނެ އެވެ. އެގޮތުން 50 ޕަސަންޓު ކެންޑިޑޭޓަކަށް ހަމަވަންދެން އެ ޕްރޮސެސް ކުރިއަށް ގެންދާނެ އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އިންތިހާބުގެ ޕްރިފެރެންޝަލް ވޯޓުތަކުން އަނޫރާގެ މައްޗަށް ސަޖިތު ކުރި ހޯއްދަވައި އިންތިހާބު ކާމިޔާބު ކުރައްވާނެ އެވެ. ނަމަވެސް ބައެއް ނޫސްތަކުން ބުނަމުން އަންނަ ގޮތުގައި އަނުރާ ލީޑުގައި އޮވެ އިންތިހާބު ކާމިޔާބު ކުރައްވާނެ އެވެ.

އިއްޔެ ކުރިއަށް ދިޔަ ލަންކާ އިންތިހާބުގައި ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ 17 މިލިއަނެއްހާ މީހުންގެ ތެރެއިން 75 ޕަސަންޓެއްހާ މީހުން ވޯޓުލި އެވެ.