Advertisement

ޓެކްސީ ގަވާއިދު އިސްލާހު ކުރީ ކުރިން އޮތް ގޮތަށް އަމަލުކުރަން: ޓްރާންސްޕޯޓް މިނިސްޓްރީ

22 ސެޕްޓެންބަރު 2024 - 12:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގައި ޓެކްސީއެއް ދަތުރުކުރަނީ: ޓެކްސީ ގަވާއިދު އިސްލާހު ކުރީ ކުރިން އޮތް ގޮތަށް އަމަލުކުރަން ކަމަށް ޓްރާންސްޕޯޓުން ވަނީ ބުނެފައި -- ފޮޓޯ: އަދަދު ފައިލް


ޓެކްސީ ގަވާއިދު އިސްލާހު ކުރީ ކުރިން އޮތް ގޮތަށް އަމަލުކުރަން: ޓްރާންސްޕޯޓް މިނިސްޓްރީ

22 ސެޕްޓެންބަރު 2024 - 12:40 0

މިދިޔަ ހަފުތާގައި ޓެކްސީ ގަވާއިދަށް އިސްލާހު ގެނައީ، ކުރިން ވެސް އޮތް ގޮތަށް ޓެކްސީ ގަވާއިދަށް އަމަލު ކުރަން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޓެކްސީ ގަވާއިދަށް މިދިޔަ އަހަރު ގެނައި ބަދަލަކީ ގާނޫނީ ގޮތުން ކުރިއަށް ނުގެންދެވޭނެ ނިންމުމެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ އަހަރު ނޮވެމްބަރު 9، ގައި ލަފާ ދީފައިވާ އިސްލާހެއް ކަމަށެވެ.

"އެ އިސްލާހަށް އެއް އިރެއްގައި ވެސް މިނިސްޓްރީން އަމަލު ކޮށްފައެއް ނުވޭ،" ޓްރާންސްޕޯޓުން ބުންޏެވެ.

ޓްރާންސްޕޯޓުން މިދިޔަ އަހަރު ޓެކްސީ ގަވާއިދަށް އިސްލާހު ގެނައީ ގަރާޖަކާ ނުލައި 10،000ރ. އަށް ޓެކްސީ ރަޖިސްޓްރީ ކުރެވޭ ގޮތަށެވެ. ނަމަވެސް އަލަށް ގެނައި އިސްލާހާއެކު އެކަން ވަނީ އުވިފަ އެވެ.

ޓެކްސީ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ޓެކްސީ ކުރުމުގެ ލައިސަންސް ދެން ލިބޭނީ ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދު ޓެކްސީ ސެންޓަރެއްގައި ލިސްޓު ކޮށްފައިވާ ނަމަ އެކަންޏެވެ.

ލައިސަންސަސް އަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓު ކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ޓެކްސީ ހުއްދައަށް އެދޭއިރު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ބަދަލުގައި ބުނެފައިވެ އެވެ.