Advertisement

ހުލާސާކޮށް އިއްޔެ: އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭ ގޮތް ހެދުން

16 ޑިސެންބަރު 2024 - 06:06 0

މާލޭގެ ބޮޑުތަކުރުފާނު މަގު-- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭ ގޮތް ހެދުން

16 ޑިސެންބަރު 2024 - 06:06 0

އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުން ދައުލަތަށް ދައްކަން ޖެހޭ އަހަރީ ފީ އާއި ޖޫރިމަނާ ފައިސާ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތެއްގައި ބަހައިލައިގެން ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދެއް އެކުލަވާލައިފި އެވެ.

އެ ގަވާއިދުގެ ދަށުން ބަހައިލައިގެން އިންސްޓޯލްމަންޓަށް ދެއްކުމުގެ ފުރުސަތު ދެވޭނީ، ކޮމިޓްމަަންޓް ފީ ދައްކާފައިވާ ފަރާތްތަކަށް ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޯމު ހުށަހެޅުމުން، 10 ދުވަސް ތެރޭގައި އެ މިނިސްޓްރީން ކޮމިޓްމަންޓް ފީ ކަނޑައަޅަން ޖެހެ އެވެ. އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކަން ޖެހޭއިރު، އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ފޯމް ބާތިލުވާނެ އެވެ. އަދި, ކޮމިޓްމަންޓް ފީ ދެއްކުމާ އެކު ބަހައިލައިގެން ފައިސާ ދެއްކުމަށް، އެކަމާ ގުޅޭ އެއްބަސްވުމެއް ފޯމް ހުށަހެޅި ފަރާތާއި މިނިސްޓްރީއާ ދެމެދު ވާނެ އެވެ.

ޖޫރިމަނާ ފައިސާ ބަހައިލައިގެން ދެއްކުމުގެ ފުރުސަތު ދެވޭ ފަރާތްތައް:

  • ދައްކަން ޖެހި ނުދައްކާހުރި ފައިސާގެ އަދަދު 10،000ރ. އަށްވުރެ އިތުރުވުން.
  • އެ ފައިސާއަކީ ފައިސާ ދެއްކުމުގެ ސުންގަޑި ފާއިތުވެފައިވާ ފައިސާއަކަށްވުން.
  • ގަވާއިދުގެ ދަށުން ފައިސާ ބަހައިލައިގެން ދެއްކުމަށް ހުށަހެޅުމުން.
  • މީގެ ކުރިން ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށްވުން.
  • އެދޭ ފަރާތަކީ އުޅަނދުގެ ވެރިފަރާތް ކަމުގައިވުން.

ގަވާއިދުގެ ތެރެއިން ކުރިން ފުރުސަތު ދެވި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކައި ހަލާސްކޮށްފައިވާ ފަރާތްތަކަށް އަލުން ފުރުސަތު ދޭނެ އެވެ.

ގަވާއިދުގެ ދަށުން މަގުބޫލު އުޒުރެއް ނެތި ފައިސާ ނުދައްކާތާ 30 ދުވަސް ފާއިތުވެދިޔަ ނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ ބާރު ޓްރާންސްޕޯޓަށް ލިބިގެންވެ އެވެ.

މުހިއްމު ބައެއް ހަބަރު