Advertisement

ރައްކާތެރިކަން ކަށަވަރު ކުރަން ލަންކާގައި ކާފިއު އިއުލާން ކޮށްފި

21 ސެޕްޓެންބަރު 2024 - 21:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލަންކާ ފުލުހުން މަގުތަކުގައި ހަރަކާތްތެރިވަނީ: އެ ގައުމުގައި ކާފިއު ވަނީ އިއުލާން ކޮށްފައި -- ފޮޓޯ: އެކްސް


ރައްކާތެރިކަން ކަށަވަރު ކުރަން ލަންކާގައި ކާފިއު އިއުލާން ކޮށްފި

21 ސެޕްޓެންބަރު 2024 - 21:59 0

ސްރީލަންކާވައި ކުރިއަށްދާ ރިޔާސީ އިންތިހާބާ ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރަން ކާފިއު މިރޭ އިއުލާން ކޮށްފި އެވެ.

ސްރީލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ ކާފިއު އިއުލާން ކުރީ އެ ގައުމުގެ ގަޑިން 10:00 އިން ފެށިގެން ފަތިހު 06:00 ޖެހުމާ ހަމައަށް ކަމަށެވެ.

އެ ގައުމުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނުން ފަށައިގެން ހަވީރަށް ކުރިއަށް ދިޔައިރު ވޯޓު ގުނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ކާފިއު ހިންގާ ވަގުތުގައި ހުރިހާ އެންމެން ވެސް ގޭގައި ތިބުމަށް އެ ގައުމުގެ ފުލުހުން އިލްތިމާސް ކުރެ އެވެ.

އިންތިހާބުގެ ކަންކަމާ އުޅޭ މީހުން ފާސް ހިފައިގެން އުޅުމަށާއި ދަތުރުކުރާ މީހުން ޓިކެޓާއި ޕާސްޕޯޓް ފަދަ މުހިންމު ލިޔުންތައް ހިފައިގެން ބޭރުގައި އުޅުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަނެެއްހާ މީހުންގެ ތެރެއިން 70 ޕަސެންޓެއްހާ މީހުން ވަނީ ވޯޓުލައިފަ އެވެ.

ލަންކާގައި ރެކޯޑު އަދަދަކަށް މީހުން ނިކުމެ ވޯޓު ލާފައި ވަނީ 2019 ގެ ރިޔާސީ އިންތިހާބުގަ އެވެ. އެފަހަރު ޖުމްލަ 83.72 ޕަސަންޓު މީހުން ވޯޓުލި އެވެ.

އިންތިހާބުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހު އާއި އެ ގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސައިގެ އިތުރުން އިދިކޮޅު ވަރުގަދަ ލީޑަރެއް ކަމަށްވާ ސަޖިތު ޕްރެމަދަސާ ވާދަކުރައްވަ އެވެ.

އޭގެއިތުރުން އިންތިހާބުގައި ޖުމްލަ 38 ކެންޑިޑޭޓުން ރައީސް ކަމަށް ވާދަ ކުރައްވަ އެވެ.

އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށާނީ މިރެއިން ފެށިގެން ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.