Advertisement

ހުޅުމާލޭގައި މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމުކޮށްލައިފި

21 ސެޕްޓެންބަރު 2024 - 16:25 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގެ މަގުމަތި. މިފަހަކަށް އައިސް ބިދޭސީން ހިމެނޭ މާރާމާރީ އާއި ކުށްތައް ވަނީ އިތުރުވެފައި -- ފޮޓޯ: އަދަދު ފައިލް


ހުޅުމާލޭގައި މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމުކޮށްލައިފި

21 ސެޕްޓެންބަރު 2024 - 16:25 0

ހުޅުމާލޭގައި ރޭ ދަންވަރު މާރާމާރީއެއް ހިންގައި ބިދޭސީއަކު ޒަހަމުކޮށްލައިފި އެވެ.

މީޑިއާތަކަށް ފުލުުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 3:50 ހާއިރު ކަމަށެވެ.

އެ މާރާމާރީގައި ޒަހަމުވި ބިދޭސީ މީހާއަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހާލަތާ ގުޅޭގުތުން އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެ މާރާމާރީގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެއްވެސް މީހަކު މިހައިތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ހިންގި މާރާމާރީގައި ބިދޭސީއަކަށް އަނިޔާވިއިރު، މިދިޔަ މަހު މާލޭގައި ބިދޭސީން ހިންގި މާރާމާރީއެއްގައި ދެ މީހަކަށް ހާނީއްކަވި އެވެ. ބިދޭސީންގެ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ހިމެނޭ އެންމެން އިމިގުރޭޝަނުން ވަނީ ޑީޕޯޓު ކޮށްފަ އެވެ.