Advertisement

ބީއެމްއެލްގެ އާ ބޯޑު އެކުލަވާލައިފި

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑު: ޗެއާޕާސަނަކަށް އަހްމަދު އަލީ ހަބީބް ވަނީ އައްޔަނު ކޮށްފައި -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ އާ ބޯޑު އެކުލަވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި، ބޯޑުގެ ޗެއާޕާސަނަކަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބް މިއަދު އައްޔަނުކޮށްފި އެވެ.

ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) ގައި ބޯޑު ޑިރެކްޓަރުންގެ ގޮތުގައި އަހްމަދު އަލީ ހަބީބްގެ އިތުރުން ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން އަދި ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު އައްޔަނު ކުރި އެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުން:

1. ސ. ހިތަދޫ، ނޫވިލާގެ، އަހްމަދު އަލީ ހަބީބު.

2. ގ. ސިނަމާލެ 3 35-04، އަލީ ފާރިސް މުހައްމަދު.

3. ބ. އޭދަފުށި، ފެންއާރު، އާދިލް މޫސާ.

4. މ. އެމޭޒަން، ޑރ. މަރްޔަމް ސުޒީ އާދަމް.

5. ސ. މަރަދޫފޭދޫ، ޑޭލައިޓްވިލާ، އަލީ އިރުފާން.

6. ހުޅުމާލެ ފްލެޓް ނަންބަރު 02-2-90، މުހައްމަދު ޝާހިދު.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ:

1. ހއ. ފިއްލަދޫ، ކަރަންކާ ވިލާ، އަބްދުالله ނަސީމް.

2. މ. ގަސީމް، މޫސާ ރަޝީދު.

3. މ. ދާޝީން، ނަޖީމް އިބްރާހީމް ޒަކަރިއްޔާ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ އައިޝަތު ސަޖުނީ އެ މަގާމުން އިއްޔެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އޭގެއިތުރުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކަމާއި ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް އަދި ބޯޑު މެންބަރު އައިޝަތު ނޫރައްދީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އައިޝަތު ނޫރައްދީން އޮގަސްޓު 27، ގައި އިސްތިއުފާ ދެއްވިއިރު ސްޓުމަކް އިސްތިއުފާދެއްވީ މި ހިނގާ ސެޕްޓެމްބަރު 9، ގަ އެވެ.