Advertisement

ޓެކްސީ ހުއްދަ ހަމައެކަނި ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްގެން ލިބޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

21 ސެޕްޓެންބަރު 2024 - 12:35 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭގައި ބައެއް ޓެކްސީތައް: ޓްރާންސްޕޯޓުން ވަނީ ޓެކްސީ ގަވާއިދަށް އިސްލާހު ގެނެސްފައި -- ފޮޓޯ: އަދަދު ފައިލް


ޓެކްސީ ހުއްދަ ހަމައެކަނި ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްގެން ލިބޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

21 ސެޕްޓެންބަރު 2024 - 12:35 1

ޓެކްސީ ހުއްދަ ހަމައެކަނި ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްގެން ލިބޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ.

ޓްރާންސްޕޯޓުން ޓެކްސީ ގަވާއިދަށް ގެނައި ބަދަލުގައިވާ ގޮތުން ޓެކްސީ ކުރުމުގެ ލައިސަންސް ދެން ލިބޭނީ ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދު ޓެކްސީ ސެންޓަރެއްގައި ލިސްޓު ކޮށްފައިވާ ނަމަ އެވެ.

ލައިސަންސަސް އަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓު ކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ޓެކްސީ ހުއްދައަށް އެދޭއިރު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ބަދަލުގައި ވެ އެވެ.

ޓެކްސީ ގަވާއިދަށް 2022 ގައި ގެނައި އިސްލާހުގެ ދަށުން ޕްރައިވެޓް ކާރުތަކަށް ވެސް ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީ ކުރުމަކާ ނުލައި ޓެކްސީ ކުރުމުގެ ހުއްދަ ލިބެ އެވެ.

ނަމަވެސް ޓްރާންސްޕޯޓުން ޓެކްސީ ގަވާއިދު އިސްލާހުކޮށް ގެޒެޓުގައި ޝާއިރު ކުރުމާއެކު ކުރިން އަމަލު ކުރަމުން އައި ގަވާއިދު ވަނީ އުވިގެން ގޮސްފަ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ޕްރައިވެޓް ކާރުތައް ސެންޓަރުތަކުގައި ރަޖިސްޓްރީ ނުކޮށް، ޓެކްސީގެ ހިދުމަތް ދެމުން ގެންދެ އެވެ. އެގޮތުން އެ ކާރުތަކަށް ވެސް ދެން ހިދުމަތް ދެވޭނީ ސެންޓަރެއްގައި ރަޖިސްޓްރީ ކޮށްގެންނެވެ.