Advertisement

އައްޑޫގައި ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

އައްޑޫ ސިޓީގެ ރަށެއް މަތިން ނަގާފައިވާ ފޮޓޯއެއް: އައްޑޫގައި މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ --- ފޮޓޯ: ވިޒިޓް މޯލްޑިވްސް


އައްޑޫގައި ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

އައްޑޫ ސިޓީގައި ބަޔަކު ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް އަނިޔާކުރި މައްސަލައެއް ރިޕޯޓުކުރީ މިއަދު ހެދުނު ކަމަށެވެ. އަދި އެ މީހާއަށް އައްޑޫ އެކުއިޓޯރިއަލް ހޮސްޕިޓަލު ގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނިޔާވި މީހާއަކީ ދިވެހި ފިރިހެނެކެވެ. އޭނާގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ. އަދި އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިރޭ ބުންޏެވެ.

މި ފަހަކަށް އައިސް މީހުން ރަހީނުކުރުމާއި އަނިޔާކުރުމުގެ މައްސަތައް ގިނަވަމުންދާކަން ވަނީ ފާހަގަވެފަ އެވެ.