Advertisement

އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަން އެމްޕީއެލްއާ ހަވާލުކޮށްފި

20 ސެޕްޓެންބަރު 2024 - 18:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިހަވަންދޫ ކައުންސިލާ ކެރޭނު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އެމްޕީއެލް


އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަން އެމްޕީއެލްއާ ހަވާލުކޮށްފި

20 ސެޕްޓެންބަރު 2024 - 18:25 0

ހއ. އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަން އެ ރަށު ކައުންސިލުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަހުމަދު ސަހާބު އެވެ. އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ އިސްވެރިންނާއި އިހަވަންދޫގެ އެކި އިދާރާތަކުގެ ވެރިންނާއި ރައްޔިތުން ބައިވެރިވި އެވެ.

އިހަވަންދޫގައި ޑޮކްޔާޑެއް އެޅުމަށް 2022 ގެ ޖޫން މަހު އެމްޓީސީއާ ވެސް ހަވާލުކުރި އެވެ. ނަމަވެސް، އެ އެއްބަސްވުން ބާތިލުކުރަން އެ ރަށު ކައުންސިލުން ބުދަ ދުވަހު ވަނީ ނިންމައިފަ އެވެ. މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން އެއްބަސްވުމަކާ ހަމައަށް ދެވޭނެ ތާރީހެއް ސާފެއް ނޫނެވެ.

އޭގެ އިތުރުން، އެމްޕީއެލް އިން މިއަދު ވަނީ އިހަވަންދޫ ކައުންސިލަށް ކެރޭނެއް ވެސް ހަދިޔާކޮށްފަ އެވެ. ކެރޭނު ވެސް ރަސްމީކޮށް ހަވާލުކޮށްދެއްވީ ސީއީއޯ ވަޖީހު އެވެ.

އެމްޕީއެލްގެ ރަސްމީ އެކްސް އެކައުންޓުން ކެރޭނުގެ ފޮޓޯއާއެކު ކުރި ޕޯސްޓެއްގައި ބުނީ، ހަދިޔާކުރީ "KOBELCO" ބްރޭންޑްގެ 25 ޓަނުގެ ކެރޭނެއް ކަމަށާއި މިއީ އިހަވަންދޫ ކައުންސިލްގެ އެދުމަކަށް އެމް.ޕީ.އެލްއިން އެ ކައުންސިލަށް ހަދިޔާކުރި ކެރޭނެއް ކަމަށެވެ.