Advertisement

ހުލާސާކޮށް އިއްޔެ: ފައިސާ ބަހާއިރު އޭސީސީ "ނިދާފައި"

އޭސީސީގެ މެންބަރުން


ހުލާސާކޮށް އިއްޔެ: ފައިސާ ބަހާއިރު އޭސީސީ "ނިދާފައި"

ވެރިކަން ކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވަމުން އަންނަ ފައިސާގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެއްވެސް އެއްޗެއް ނުބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މެންބަރުންނަށް ފައިސާ ދޭ މައްސަލައާ ގުޅިގެން ތަކުރާރުކޮށް މި ހަފުތާގައި އޭސީސީގެ ބަހެއް ހޯދުމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އަދި އަބްދުއް ސަލާމްއަށް "އަދަދު" އިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ.

އޭގެ އިތުރުން އޭސީސީގެ މީޑިއާ އޮފިޝަލުންނަށް ލިޔުމުން ސުވާލުތައް ފޮނުވުމުން ވެސް މިހާތަނަށް އެއްވެސް ސުވާލަކަށް ޖަވާބެއް ދެއްވާފައި ނުވެ އެވެ.

މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ 75 މެންބަރުން ތިއްބެވިއިރު، އެ ހުރިހާ މެންބަރުންނަށް 50،000ރ. ދޭން މަހަކު 3.75 މިލިއަން ރުފިޔާ ބޭނުންވާނެ އެވެ. އަދި ބައިލައްކަ ރުފިޔާއަށް މި މަހު 25،000ރ. އިތުރު ކުރުމަށްފަހު ކޮންމެ މެންބަރަކަށް 75،000ރ. ދޫކުރި ކަމަށް މެންބަރުން މައުލޫމާތު ދިނެވެ.

މުހިއްމު ބައެއް ހަބަރު