Advertisement

ހުލާސާކޮށް އިއްޔެ: ދަރިވަރުން މާޔޫސްކޮށްލައިފި

18 ސެޕްޓެންބަރު 2024 - 05:57 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ހުލާސާކޮށް އިއްޔެ: ދަރިވަރުން މާޔޫސްކޮށްލައިފި

18 ސެޕްޓެންބަރު 2024 - 05:57 0

ސްޓޫޑެންޓް ލޯނުގައި ސެޕްޓެމްބަރު އަދި އޮކްޓޯބަރު އިންޓޭކަށް ބޭރަށް ފުރާ ދަރިވަރުންނަށް ފައިސާ ނުލިބި، ސަރުކާރުން އެ ދަރިވަރުން މާޔޫސްކޮށްލައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،709 ދަރިވަރުން ކުރިމަތިލުމުން، އެ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް, ސްޓޫޑެންޓް ލޯނުގައި ކިޔަވަން ފުރާ އެ ދަރިވަރުންނަށް ފައިސާ ހަމަނުޖެހި ދިގުލައިގެންދާތީ ބައެއް ދަރިވަރުންނަށް ނުފުރި އެހެން ދަރިވަރުން ފުރީ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އެވެ.

ސްޓޫޑެންޓް ލޯނުގައި ސެޕްޓެމްބަރު އިންޓޭކަށް މެލޭޝިއާއަށް ދިޔަ ދަރިވަރަކު "އަދަދު" އަށް ބުނީ ހަޔާ އެޑިއުކޭޝަނުން ލޯނު އެގްރީމަންޓު ނުފޮނުވާތީ އެގްރީމަންޓުގައި ސޮއި ނުކުރެވި މަހަކާ ގާތްވަމުންދިޔުމުން މެލޭޝިއާއަށް ދިޔައީ އާއިލާގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

"އެގްރީމަންޓަށް އެދިފިން އޮގަސްޓް 26، ގައި. އެކަމާ ގުޅިގެން ހަޔާ އެޑިއުކޭޝަނަށް ތިން މެއިލް ފޮނުވުމުން ޖަވާބަކަށް ލިބުނީ އެކޮޅަށް މެއިލް ލިބުނު ކަމަށް އެކަނި. އެގްރީމަންޓް އަދިވެސް ނުފޮނުވާ. ކޯސްފީ އާއި މެލޭޝިއާއަށް ދިޔުމުގެ ހަރަދާއި އެކޮޅުގައި އުޅުމުގެ ހަރަދު ހަމަޖެއްސީ އާއިލާއިން،" އޭނާ ބުންޏެވެ.

އެ ދަރިވަރު ބުނީ ހަޔާ އެޑިއުކޭޝަނަށް ބަރޯސާވެގެން މަޑުކުރިނަމަ ސެޕްޓެމްބަރު 23، ގައި ކޮލެޖުގައި ކިޔެވުން ފެށޭއިރު ވެސް އެއްވެސް ކަމެއް ހަމަނުޖެހި ސެމިސްޓާގައި ކިޔަވަން ނުފެށޭނެ ކަމަށާއި ހަޔާ އެޑިއުކޭޝަނުން ފައިސާ ދޫކުރާނެ ތާރީހެއް އަދިވެސް ނޭނގޭ ކަމަށެވެ.

އެގޮތުން, އާއިލާއަށް ދަރާފައި އޮތް ފައިސާތައް ނުލިބިއްޖެނަމަ، އާއިލާއަށް މާލީ ގޮތުން ތާށިވެ އެ ފައިސާ ދެވޭނެ މަގެއް ނޯންނާނެ ކަމަށް ވެސް އެ ދަރިވަރު ފާހަގަކުރި އެވެ.

މުހިއްމު ބައެއް ހަބަރު