Advertisement

ލަސްވިޔަސް ދަރިވަރުންނަށް ފައިސާ ދިނުން ނުހުއްޓޭ: މާރިޔާ

19 ސެޕްޓެންބަރު 2024 - 08:23 4

މޫސާ ނާޝިއު

މ

Advertisement

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ. މިނިސްޓަރު ވިދާޅުވީ ލަސްވިޔަސް ދަރިވަރުންނަށް ފައިސާ ދިނުން ނުހުއްޓޭ ކަމަށް---ފޮޓޯ: ރައީސް އޮފީސް


ލަސްވިޔަސް ދަރިވަރުންނަށް ފައިސާ ދިނުން ނުހުއްޓޭ: މާރިޔާ

19 ސެޕްޓެންބަރު 2024 - 08:23 4

Advertisement

Advertisement

ރާއްޖޭން ބޭރަށް ކިޔަވަން ދާ ދަރިވަރުންނަށާއި އަދި ރާއްޖޭގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭ ފައިސާ ދިނުން ލަސްވި ކަމުގައި ވިޔަސް ފައިސާ ދިނުން ނުހުއްޓޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދަޅުވީ ރައްޔިތުން ބޭނުންވި އަވަސްކޮށް ފައިސާ ދޫނުކުރަން ގޮންޖެހުންތަކެއް ހުރި ނަމަވެސް ދަރިވަރުންނަށް ބޭނުންވާ ފައިސާ ދޫކުރާނެ ކަމަށެވެ.

Advertisement

"ކިޔަވަން ލޯން ދޭނެ ކަމަށް ލިޔުން ދޫކޮށްފައިވާ ދަރިވަރުންނަށް ފައިސާ ދޫކުރުން. މިކަމުގައި ރައްޔިތުން ބޭނުންވި އަވަސްމިނުގައި ފައިސާ ދޫކުރެވެން ނެތްނަމަވެސް އެކަމުގައި ހުއްޓުމެއް ގެނެވިފައެއް ނުވޭ" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ

އޭގެއިތުރުން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރީ މަތީ ތައުލީމު ހާސިލުކުރުމަށް ލޯނު ދިނުމާއި ސްކޮލާޝިޕް ދިނުމާއި ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ހަރަދުކުރާނެ ކަމަށެވެ. އެއްވެސް ކަމަކަށް ހުއްޓުމެއް ނޫނީ އުނިކަމެއް ގެނައުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކިޔެވުމަށް ކުދިންނަށް ދޭ ލޯން ފައިސާގައި ލަސްތަކެއް ހުރީ ދަރިވަރުން ހުށައަޅާ ލިޔެކިޔުންތައް ފުރިހަމައަށް ހުށައަޅާފައި ނުވުމުގެ ސަބަބުންނެވެ. އެގޮތުން, ހޯދަން އެދޭ ފައިސާ އަކީ އެކަށީގެންވާ އަދަދެއްކަން ދެނެގަންނާނެ ލިޔުން ހުށައަޅާފައި ނެތުމާއި ލޯން ދޭން އިއުލާނުކޮށްފައިވާ ގައުމު ނޫން އެހެން ގައުމަކަށް ދާން ބޭނުންވުމުން ދިމާވާ އިދާރީ ދަތިތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި, ޔުނިވާސިޓީން ލިބެންވާ ލިޔުން ނުލިބުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެެ އެވެ.

Advertisement

މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،709 ދަރިވަރުން ކުރިމަތިލުމުން، އެ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް, ސްޓޫޑެންޓް ލޯނުގައި ކިޔަވަން ފުރާ އެ ދަރިވަރުންނަށް ފައިސާ ހަމަނުޖެހި ދިގުލައިގެންދާތީ ބައެއް ދަރިވަރުންނަށް ނުފުރި އެހެން ދަރިވަރުން ފުރީ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ދައިގަންނަގުރާ

6 months ago

ދެވެންނެތް އެއްޗެއް ދޭން ދަރިވަރުންގެ ހުވަފެންތައް ބަރުބާދުކުރުން މާ ދެރަ ނޫންތައް؟ 500 ފުރުސަތު ހުޅުވީ. ހުޅުވާލި ފުރުސަތައްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތުދީފި. ބަޖެޓުގަނެތް ލާރިއެއް. މިއީ ދައުލަތަކުން ރައްޔިތަކަށް ދެވޭނެ އެންމެމަތީ ދަރަޖައިގެ އަނިޔާ.

ރިޝަނަން

6 months ago

މެނޭޖު ކުރަން ނޭނގެނީ. ކުރިންވެސް ހުށައެޅި ހުރިހާ ކުދިންނަށް ލޯނު ދޫކޮށްފި. މިކަހަލަ ކަމެއް ދިމާނުވޭ. ގިނަ ކުދިންނަށް ދޭން ނިންމިތާ އެތައް ދުވަހެއް. ދުރާލާ ކަންކަން ރާވާ ހިންގަން ނޭގޭކަން ނުވަތަ ބޮޑެތި މުސާރަ ލިބޭ ނާގާބިލް ސިޔާސީ މީހުންތަކުން މިނިސްޓްރީތައް ފުރިގެން ވެގެން އުޅޭކަމެއް.

ާިސހ

6 months ago

މިއަދުމާމޮޅު ސުވާލުތަކެއްކޮށް މިނިސްޓަރު ބަދުނާމުކޮށެއްނުލެވުނު ދެއްތޯ!! ޑރ.މާރިއާ ކުޑަކޮށް މުފަރިތަޔަސް ޑރ.އަބްދުއްރަހީމްއަރާ ހުރިހާއެ\އްޗެއްކްލިއާ ކޮއްދެވިނޫންތޯ..ކިތަށްކުދިންތޯ ދިވެހިސަރުކާރުންލާރިތައް ދިނީމަގޮސްނުކިޔަވާއެހެންކަންތައްކުރާކުދިން..ބަލަންޖެހޭމިދެވެނީހަމަ ކިޔަވަމުންދާކުއްޖަކަށްތޯ..ލާރިކޮޅުމިހާރުވެސް ނުދޭކުދިންގިނައީ...ބަލަންޖެހޭ ކޮލެޖަށްދާކުއްޖެއްތޯ...ކޮމެންޓްޖަހާލަދެއްވާ

ރިންމަން

6 months ago

ލޯނު ނުދެވިގެން އުޅެނީ ދަރިވަރުން ބަގާވާތެއް ކޮށްފާނެތީއޭ ނުބުނާތި އަނެއްކާ