Advertisement

ވެލެންސިއާގެ ސަސްޕެންޝަން އަދި އުވައެއް ނުލާ

about 16 hours 0

އަތޫފް އާތިފް

އަތޫފް އާތިފް

ކްލަބް ވެލެންސިއާ ޓީމު މިިދިޔަ ސީޒަނުގެ މެޗަކަށް ނެރެފައިވާ ފުރަތަމަ އެގާރަ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ވެލެންސިއާގެ ސަސްޕެންޝަން އަދި އުވައެއް ނުލާ

about 16 hours 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަސްޕެންޑް ކޮށްފައިވާ ފުރަތަމަ ޑިވިޝަނުގެ ކުލަބް, ކްލަބް ވެލެންސިއާގެ ސަސްޕެންޝަން އުވާނުލާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނެފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން, އަހުމަދު ޒުހޫރު ވިދާޅުވީ، ވެލެންސިއާގެ ސަސްޕެންޝަނުގެ މައްސަލަ އަދި އޮތީ ކުރިން ވެސް އޮތް ގޮތަައް ކަމަށެވެ.

"އަޅުގަނޑަށް ލިބިފައިހުރި މައުލޫމާތަށް ބަލާނަމަ އަޅުގަނޑު ގަބޫލެއް ނުކުރަން ވެލެންސިއާ ސަސްޕެންޝަނުގައި އޮންނަން ޖެހޭނެ ކަމަކަށް. އަޅުގަނޑުމެން ފީފާގެ ބޮޑީޒްއާ ވާހަކަ ދެއްކުމަށްފަހު އެކަމަށް ހައްލެއް ވީ އެންމެ އަވަހަކަށް ގެންނާނަން" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ވެލެންސިއާގެ މައްސަލައިގައި މާ ލަހެއް ނުވެ، ވަކި ގޮތަކަށް ނިންމާނެ ކަމަށެވެ.

ވެލެންސިއާގެ މައްސަލަ ފެންމަތިވީ، މި ފަހުން ބާއްވަން މަސައްކަތްކުރި އެފްއޭއެމްގެ އިންތިހާބުތަކާ ގުޅިގެންނެވެ.

ވެލެންސިއާގެ ހިންގާ ބޯޑު ގަވާއިދާ ހިލާފަށް އޮޅުވާލައިގެން ބަދަލުކުރި ކަމަށް ބުނެ، ވެލެންސިއާގެ ބައެއް ބޯޑު މެމްބަރުން ހިމެނޭ ގޮތަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލްގެ ގެ ކައިރީގައި އެއްވި އެވެ. އަދި އޭގެ ފަހުން، ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންއާ ދެކޮޅަށް އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރުން ވަނީ ވަގުތީ އަމުރެއް ނެރެން ސިވިލް ކޯޓަށް ގޮސްފަ އެވެ. އެކަމަކު، ސިވިލް ކޯޓުން އެ އަމުރު ނެރެނުދިނެވެ.

އެ ހުރިހާ ކަމެއް ހިނގި ފަހުން، އެފްއޭއެމް އިން މާޗް 7 ގައި ވަނީ ވެލެންސިއާ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. އެފްއޭއެމް އިން މި ގޮތަށް ނިންމާފައިވަނީ، އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރު، ހަސަން ވަހީދު (ދޮނާ) ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާތީ އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ އެވެ. އަދި ވެލެންސިއާ އިން އާ ބޯޑެއް އިންތިހާބު ކުރަންދެން އެ ކްލަބް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

މީގެ ތެރެއިން، ހަަސަން ވަހީދު އަކީ، އެފްއޭއެމްގެ ފައިސާ އަށް ބައްސާމް ހިޔާނަތްތެރިވިއިރު، އޭނާއާ އެކު އެ ކަމުގައި ބައިވެރިވި ފަރާތެއް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފަ އެވެ. އެ ގޮތުން، އެފްއޭއެމް އަށް ކޮވިޑް ލޯނުގެ ގޮތުގައި ފީފާ އިން ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރަށް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަންނަން ބައްސާމް ކުރި މަސައްކަތްތަކުގައި ބައިވެރިވެފައިވާތީ، ފުލުހުން މި މައްސަލައިގައި ދައުވާ ކުރަން ފޮނުވި ތިން މީހުންގެ ތެރޭގައި ބައްސާމް އާއި ހަސަން ވަހީދު ހިމެނެ އެެވެ. ދެން ހިމެނެނީ، އެފްއޭއެމްގެ އޭރުގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އެވެ.