Advertisement

އެކްޓިން ޖެނެރަލް ސެކެޓްރީގެ މަގާމުގައި ޖައުޝަން ހުރީ އެފްއޭއެމް ނޯމަލައިޒިން ކޮމިޓީން އެދިގެން

about 16 hours 0

އަތޫފް އާތިފް

އަތޫފް އާތިފް


އެކްޓިން ޖެނެރަލް ސެކެޓްރީގެ މަގާމުގައި ޖައުޝަން ހުރީ އެފްއޭއެމް ނޯމަލައިޒިން ކޮމިޓީން އެދިގެން

about 16 hours 0

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުން ނޯމަލައިޒޭޝަން ކޮމެޓީއާ ހަވާލުކޮށްފައިވާއިރު, އެކްޓިން ޖެނެރަލް ސެކެޓްރީގެ މަގާމުގައި ޖައުޝަން ޝަރީފް (ޖައު) ހުންނެވީ ނޯމަލައިޒިން ކޮމިޓީން އެދިގެން ކަމަށް އެ ކޮމެޓީގެ ޗެއާމަން، އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

އިއްޔެ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒުހޫރު ވިދާޅުވީ، އެފްއޭއެމްއާ ހަވާލުވިއިރު، އެއްވެސް ފައިލެއް އެއްވެސް އެއްޗެއް އެފްއޭއެމްގައި ނެތް ކަމަށެވެ. އެހެންވެ، ޖައުޝަން ފަދަ, އެފްއޭއެމް ހިންގެވުމުގައި އުޅުނު ފަރާތްތަކަށް އެފްއޭއެމްގެ ހިންގުމުގެ ކަންކަން އެނގޭނެތީވެ، އެ ކަންކަމަށް ބެލުމަށް ފަހު، އޭނާ މަގާމުގައި ބެހެއްޓީ ކަމަށެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީ ހަވާލުވުމުން، ޖުލައި ދެ ވަނަ ދުވަހުން ފެށިގެން ކޮންޓްރެކްޓް ހަމަވެފައިވާތީވެ، ޖައުޝަންގެ އިސްތިއުފާގެ ސިޓީ ލިބުނު ކަމަށެވެ. އެކަމަކު، ކުޅިވަރުގެ ތައުލީމު ހާސިލްކޮށް، ކުޅިވަރަށް ހިދުމަތް ކުރަމުންދާ ފަރާތެއް އެފްއޭއެމް ދޫކޮށް ދާންވީ ވަގުތަކީ މިއީ ނޫންކަން ޖައުޝަންގެ އަރިހުގައި ދެންނެވި, ކަމަށް ޒުހޫރު ވިދާޅުވި އެވެ. އަދި ޖައުޝަން މި ވަގުތު މަގާމުގައި ހުންނެވީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ އެދުމަށް ކަމަށެވެ.

"ޖައުޝަން މިއަދު އަޅުގަނޑުމެންނާ އެކު އެހުރީ އާ ޖެނެރަލް ސެކްޓްރީގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ފަރާތެއްގެ މަގާމުގެ މަސްއޫލިއްޔަތު, ލިޔެވި، އާ ޖެނެރަލް ސެކްޓްރީ އަކަށް ގޮވާލެވެންދެން. އަދި އަޅުގަނޑުމެންގެ އަތަކު ނެތް، ދޭނެ ފައިސާ އެއް ވެސް, އެ ހޯދޭނެ މަގު ހޯދެންދެން ވޮލެންޓްރީކޮށް ޖައުޝަން އަޅުގަނޑުމެންނާ އެކު މަސައްކަތް އެ ކުރަނީ" ޒުހޫރު ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާނުކޮށްފައިވާ، އަދި އެންމެ ފަހުން ބާއްވަން އުޅުނު ދެ އިންތިހާބުގައި ވެސް ވާދަކުރި، އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވަނީ ޖައުޝަން މަގާމުގައި ހުރުމުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އެފްއޭއެމްއިން އިއުލާންކުރި ދެ އިންތިޚާބު ވެސް އެފްއޭއެމްގެ އަސާސީ ޤަވާއިދާ ޚިލާފަށް ހުރިހާކަމެއް ކުރިއަށް ގެންދިޔައީ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް ޖައުޝަން ހުރެގެން. ކޯރަމް ހަމަނުވާ ޖަލްސާތަކުން ފެށިގެން ހެދި ހުރިހާ ހަޑިއެއްގައި ވަނީ ބައިވެރިވެވިފައި. ބައްސާމުގެ ޖެނެރަލް ސެކެޓްރީ ބަހައްޓައިގެން އެފްއޭއެމަށް ކުރެވޭނެ ނޯމަލައިޒިންއެއް އެއް ނުފެނޭ," ތޯރިގު ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.