Advertisement

އިމާރާތެއްގެ ހަ ވަނަ ފަންގިފިލާއިން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

18 ސެޕްޓެންބަރު 2024 - 22:44 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭ މަގު މަތީގައި ފުލުހުން ހަރަކާތްތެރިވަނީ


އިމާރާތެއްގެ ހަ ވަނަ ފަންގިފިލާއިން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

18 ސެޕްޓެންބަރު 2024 - 22:44 0

މާފަންނު ޖަހާމުންގުރި ގޯޅީގައި ހުރި ގެއެއްގެ ހަ ވަނަ ފަންގިފިލާއިން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެހާދިސާގައި އަނިޔާވީ ދިވެއްސަކަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ. ފުލުހުން ވެސް އެ ތަފްސީލެއް އަދި ނުދެ އެވެ.

"މި ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ވަގުތު ސައިކަލުގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެމީހާއަށް އަނިޔާވެފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ފުލުހުން ބުނި ގޮތުގައި 19:12 ހާއިރު އެވެ.

އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.