Advertisement

ޒަކިއްޔާގެ އޮޓޮޕްސީ ނުހަދަން ނިންމީ ސްޕެޝަލިސްޓުންގެ ރައުޔު ލިބުމުން: ފުލުހުން

18 ސެޕްޓެންބަރު 2024 - 18:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ.


ޒަކިއްޔާގެ އޮޓޮޕްސީ ނުހަދަން ނިންމީ ސްޕެޝަލިސްޓުންގެ ރައުޔު ލިބުމުން: ފުލުހުން

18 ސެޕްޓެންބަރު 2024 - 18:34 0

ނ. ހޮޅުދޫގައި ސެޕްޓެމްބަރު 10، ގައި މަރުވެފައި އޮއްވާ ފެނުނު ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ ހަށިގަނޑުގެ އޮޓޮޕްސީ ނުހަދަން ނިންމީ ތަހުލީލު ކުރެވި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ރައުޔު ލިބުމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ޒަކިއްޔާގެ އޮޓޮޕްސީ ނުހަދަން ނިންމީ އޭނާގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުން ކުރި ތަހުލީލުތަކަށް ފަހު ތަހުގީގަށް ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ ރައުޔު ލިބުމުން ކަމަށެވެ.

"އެ މައްސަލައިގައި އޮޓޮޕްސީ އަކަށް އަޅުގަނޑުމެން ބޭރަށް ގެންގޮސްގެން ނުދިޔައީ ފުލުހުންގެ ތަހުގީގަށް ހަށިގަނޑުން ނަގަން ޖެހޭ ސާމްޕަލްތައް ތަހުލީލުތައްކޮށް، އެ ތަހުލީލުތަކުންނާއި އަދި ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފަރާތުން އަޅުގަނޑުމެން ހޯދަން ބޭނުންވި ރައުޔުތައް ހޯދުމަށްފަހު އިތުރަށް އޮޓޮޕްސީއެއް ހަދަންޖެހޭ ސަބަބެއް ތަހުގީގަށް ނުފެންނާތީ،" ޝިފާއު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު އިތުރު ތަފްސީލްތައް ތަހުގީގު ކުރިއަށްދާ ވަރަކުން ހާމަ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ކަރުގައި ބޮޑެތި ޒަހަމްތަކާ އެކުގައެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އޭނާ ކައިރީގައި ވަޅިއެއް އޮތެވެ.

ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫގައި ފުލުހުންގެ ޓީމެއް އަދިވެސް އަންނަނީ ހަރަކާތްތެރިވެ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.