Advertisement

އޭޝިއާގެ ފުރަތަމަ ނައިޓް ސާފިން މުބާރާތުގައި ތުލުސްދޫ ސާފަރުން ބައިވެރިވަނީ

18 ސެޕްޓެންބަރު 2024 - 15:03 1

އަތޫފް އާތިފް

އަތޫފް އާތިފް

ތުލުސްދޫގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތެެރެއިން، ގައުމީ ސާފިން ޓީމުގެ ކެޕްޓަން، އައްމަޑޭ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް


އޭޝިއާގެ ފުރަތަމަ ނައިޓް ސާފިން މުބާރާތުގައި ތުލުސްދޫ ސާފަރުން ބައިވެރިވަނީ

18 ސެޕްޓެންބަރު 2024 - 15:03 1

އޭޝިއާގައި ބާއްވާ ފުރަތަމަ ނައިޓް ސާފިން މުބާރާތުގައި ތުލުސްދޫގެ ރާޅާއެޅުންތެރިން ބައިވެރިވާން އިންޑިއާ އަށް ފުރައިފި އެވެ.

ސާފިން އެސޯސިއޭޝަން ތުލުސްދޫ (ސެޓް) އިން ބުނީ، އެ އެސޯސިއޭޝަންގެ މަސައްކަތް އިތުރަށް ފުޅާކޮށް ޒުވާން ރާޅާއެޅުންތެރިން ނެރެދިނުމަކީ އެ އެސޯސިއޭޝަނުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

އަދި އިންޑިއާގައި މި ފަހަރު ކުރިއަށްދާ މުބާރާތުގައި ތުލުސްދޫ އިން ބައިވެރިވާ ރާޅާ އެޅުންތެރިންނަށް ކާމިޔާބީ އަށް އެދޭކަމަށް އެ ސެޓް އިން ވަނީ ބުނެފަ އެވެ.


މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 18-22 އަށް އިންޑިއާގެ ކޮވެލަމްގަ އެވެ.

މި މުބާރާތުގައި ރާއްޖޭގެ ތިން ރާޅާއެޅުންތެރިން ވާދަކުރާއިރު, ރާއްޖެއިން ބައިވެރިވާ ޓީމު ލީޑު ކުރާނީ ގައުމީ ޓީމުގެ ވެސް ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ) އެވެ.

މިއީ، އިންޑިއާގެ ސާފިން އެސޯސިއޭޝަނުން ތުލުސްދޫ ސާފިން އެސޯސިއޭޝަނަށް ދިން ދައުވަތެއްގައި ލިބުނު ފުރުސަތެކެވެ. މީގެ ކުރިން، ތުލުސްދޫ ސާފިން އެސޯސިއޭޝަނުން ވަނީ އިންޑިއާގެ ސާފިން އެސޯސިއޭޝަނާ އެކު, ރާޅާ އެޅުންތެރިން ބިނާކޮށް ދެ ގައުމުގެ ރާޅާ އެޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.