Advertisement

ހިޒްބުﷲއިން ބޭނުންކުރާ ޕޭޖަރުތަކެއް ގޮއްވާލުމުން ނުވަ މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ

18 ސެޕްޓެންބަރު 2024 - 12:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލުބުނާނުގައި ސެކިއުރިޓީ ވަރުގަދަކޮށްފައި: ހިޒްބުﷲ ގެ ޕޭޖަރުތައް ގޮއްވާލުން -- ފޮޓޯ: ރޮއިޓާސް


ހިޒްބުﷲއިން ބޭނުންކުރާ ޕޭޖަރުތަކެއް ގޮއްވާލުމުން ނުވަ މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެ

18 ސެޕްޓެންބަރު 2024 - 12:12 0

ލުބުނާނުގެ ހިޒްބުﷲ އިން މުއާމަލާތު ކުރަން ގެންގުޅޭ 3،000 އެއްހާ ޕޭޖަރުތައް ގޮއްވާލައި ނުވަ މީހުން މީހުން މަރާލައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ހަމަލާގައި 2،750 މީހުން ޒަހަމްވެފައިވާއިރު އޭގެ ތެރެއިން 200 އެއްހާ މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

އެ ހަމަލާއަކީ އިޒްރޭލުން ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ހިޒްބުﷲ އިން ވަނީ ތުހުމަތުކޮށް، ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ.

"މޮސާޑް އިން ވަނީ 5،000 އެއްހާ ޕޭޖަރުގައި ގޮވާތަކެތި ހަރުކޮށްފައި. ސްކޭނަރުތަކަށް ވެސް އެކަން ފާހަގަ ނުކުރެވޭ. މިއީ ވަރަށް ދުރާލައި ދިން ހަމަލާއެއް،" ރިޕޯޓްތައް ބުންޏެވެ.

އެ ހަމަލާ ހިޒްބުﷲ އިން ދިނީ ތިން ގްރާމެއްހާ ގޮވާތަކެތި ޕޭޖަރުގައި ހަރުކޮށްގެން ކަމަށާއި ޕޭޖަރު ގޮއްވާލީ ކޯޑެއް ފޮނުވައިގެން ކަމަށް ރިޕޯޓްތައް ބުންޏެވެ.

ހިޒްބުﷲ އިން ބުނީ ހަމަލާތައް އެ ޖަމާއަތަށް އަމާޒުކޮށްދިން ނަމަވެސް، ގާޒާގެ ދިފާއުގައި ކުރަމުންދާ މަސައްކަތަށް ފަސް ޖެހުމެއް ނާންނާނެ ކަމަށައި އެކަން ވަރުގަދަ ވެސް ކުރާނެ ކަމަށެވެ.

ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުން އަންނަނީ ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ޖޯޑަން، މިސްރު ހިމެނެ އެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް އިޒްރޭލުން އެއްޗެއް ބުނެފައި ނުވާއިރު އެމެރިކާއިން ބުނީ އެ ގައުމުގެ އަތެއް ހަމަލާ ދިނުމުގައި ނޯންނާނެ ކަމަށެވެ.