Advertisement

ގާޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ފުރަތަމަ ފޭސް ނިންމާލައިފި

14 ސެޕްޓެންބަރު 2024 - 10:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގާޒާގައި ޕޯލިއޯއަށް ވެކްސިން ދިނުމުގެ ފުރަތަމަ ފޭސް ނިންމާލުން: ބައި މިލިއަނަށްވުރެ ގިނަ ކުދިންނަށް ވެކްސިން ދިން -- ފޮޓޯ: އޭއެފްޕީ


ގާޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ފުރަތަމަ ފޭސް ނިންމާލައިފި

14 ސެޕްޓެންބަރު 2024 - 10:52 0

ފަލަސްތީނުގެ ގާޒާގައި ފެތުރޭ ޕޯލިއޯއަށް ވެކްސިން ދިނުމަށް ގާޒާގެ ހެލްތު ވޯކަރުން ކުރިއަށް ގެންދިޔަ ވެކްސިނޭޝަން ކެމްޕެއިނުގެ ފުރަތަމަ ފޭސް އިއްޔެ ނިންމާލައިފި އެވެ.

ގާޒާގެ ހެލްތު ވޯކަރުން ބުނީ ޖުމްލަ 12 ދުވަހަށް ދެމިގެންދިޔަ ފުރަތަމަ ފޭސްގައި 560،000 އެއްހާ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފައިވާ ކަމަށެވެ.

"އަހަރުމެން ތުއްތު ކުދިންގެ ފުރާނަ ސަލާމަތްކޮށް އެހީތެރިވާން މަސައްކަތް ކުރަން ޖެހުނީ ބިރުވެރިކަމެއްގެ ތެރޭގައި. މުޅި ދުނިޔެއަށް ގޮވާލަން ބޭނުންވަނީ ފަލަސްތީނުގެ ކުދިން ސަލާމަތްކުރަން،" ގާޒާގެ ހެލްތު ވޯކަރަކު ބުންޏެވެ.

ޕޯލިއޯ ވެކްސިނޭޝަންގެ ދެވަނަ ފޭސް ވީހާވެސް އަވަހަށް ފަށަން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް ގާޒާގެ ހާލަތު އޮތް ގޮތުން ޕޯލިއޯ ވެކްސިން ދިނުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އިޒްރޭލުން ގާޒާގައި ހިންގާ ގަތުލްއާންމުގައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އެ ގައުމުގައި އަންނަނީ މަރަމުންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 41،118 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.