Advertisement

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ގައިން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް

18 ސެޕްޓެންބަރު 2024 - 09:39 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ނަލަހިޔާ މަންޒިލްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ފުލުހުން ގެންދަނީ -- ފޮޓޯ: ލީވާން އަލީ ނާސިރު / އަދަދު


މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ގައިން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް

18 ސެޕްޓެންބަރު 2024 - 09:39 0

މ. ނަލަހިޔާ މަންޒިލް ގޭ ތެރޭގައި މަރުވެފައި އޮތް މީހާއަކީ އަހުމަދު ފަޔާޒު ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިހައިތަނަށް ބެލި ބެލުމުން އޭނާގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ވެސް ނެތް ކަމަށެވެ.

ނަލަހިޔާ މަންޒިލުގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނުނުކަން ފުލުހުން ހާމަ ކުރީ 11:33 ހާއިރު އެވެ. އެގޭ ތެރޭގައި މަރުވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމާ އެކު ފުލުހުންގެ ފޮރެންސިކް ޓީމާއެކު ގޮސް އެ ގޭގައި ފުލުހުން ހަރަކާތްތެރިވި އެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.