Advertisement

ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗެއް މީޑިއާނެޓުން ވަގުތުން ބަލާލެވޭނެ

18 ސެޕްޓެންބަރު 2024 - 10:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޗެމްޕިއަންސް ލީގުގެ ޕްރޮމޯޝަނަލް ފޮޓޯގައި ރެއާލް މެޑްރިޑްގެ ތަރި ކީލިއަން އެމްބާޕޭ


ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗެއް މީޑިއާނެޓުން ވަގުތުން ބަލާލެވޭނެ

18 ސެޕްޓެންބަރު 2024 - 10:15 0

ކްލަބް ފުޓްބޯޅައިގައި ކުޅޭ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި އުޅޭ ހުރިހާ މެޗެއް ވެސް މީޑިއާނެޓުން ވަގުތުން ބެލޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މީޑިއާނެޓުން ބުނީ ޗެމްޕިއަންސް ލީގުގެ ހުރިހާ މެޗެއް ވަގުތުން ބެލޭނީ މީޑިއާނެޓުގެ ސޮނީ ސްޕޯޓްސް ނެޓްވޯކުން ކަމަށާއި ތަޖުރިބާކާރުން ބައިވެރިވާ ޕްރީޝޯތައް ވެސް ބެލޭނެ ކަމަށެވެ.

މީޑިއާނެޓްގެ އެމްއެސްޓީވީ، އެމްޓީވީ އަދި އެމްއެސްލިޓް އިން ވެސް މެޗުތައް ބަލާލެވޭނެ ކަމަށާއި އެޕް މެދުވެރިކޮށް ފޯނުން ވެސް މެޗުތައް ބެލޭނެ ކަމަށް މީޑިއާނެޓުން ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ބަދަލު ގެނެސް، މިފަހަރު ވާދަކުރާ 36 ޓީމުން ކުރެ، ކޮންމެ ޓީމެއް އަށް މެޗު ކުޅޭއިރު، ހަތަރު މެޗެއް ކުޅޭނީ އަމިއްލަ ދަނޑުގަ އެވެ. އަނެއް ހަތަރު މެޗު ރަށުން ބޭރުގަ އެވެ.

ކުރިން ތިން ޓީމަކާ، ދެ ފަހަރު (ހޯމް އެންޑް އަވޭ ސިސްޓަމަށް) ކުޅޭ ގޮތަށް އޮންނަ ގްރޫޕް ސްޓޭޖު ބަދަލުވާނީ، ތަފާތު އަށް ޓީމަކާ ކުޅެން ޖެހޭ ލީގު ސިސްޓަމަކަށެވެ.

މީޑިއާނެޓުން ކުރިއަށް ގެންދާ އޮޓޯ ރިނިއުވަލް ހިދުމަތަށް ހާއްސަކޮށްގެން ސެޕްޓެމްބަރު، 30 ގެ ނިޔަލަށް ހިންގާ ޕްރޮމޯޝަންގެ ދަށުން ހިދުމަތަށް ރަޖިސްޓާ ކޮށްލައިގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

ގުރުއަތުން ހޮވޭ ތިން ފަރާތައް ދޭ އިނާމުތައް:

• ފުރަތަމަ އިނާމް: އެއް އަހަރުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

• ދެވަނަ އިނާމް: ހަ މަސް ދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

• ތިންވަނަ އިނާމް: ތިން މަސް ދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)