Advertisement

ދުވާފަރު ނެރު ފުންކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި

17 ސެޕްޓެންބަރު 2024 - 17:53 0

މޫސާ ނާޝިއު

މ

Advertisement

ނެރު ފުންކުރުމަށް ބޭނުންވާ އުޅަނދެއް އެރަށު ބަނދަރަށް ކައިރިކޮށްފަ--- ފޮޓޯ: ސޯޝަލް މީޑިއާ


ދުވާފަރު ނެރު ފުންކުރުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި

17 ސެޕްޓެންބަރު 2024 - 17:53 0

Advertisement

Advertisement

މަސްވެރިންގެ ބޮޑު އާބާދީއެއް އޮންނަ ރ. ދުވާފަރު ބަނދަރަށް ވަންނަ ނެރުމައްޗަށް ވެލި އެޅި ތިލަވުމުގެ ސަބަބުން ލަފާ ފުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ވާހަަކަ ސޯޝަލް މީޑިއާއަށް ތިލަވުމުން ނެރު ފުންކުރުމަށް ބޭނުންވާ ސާމާނުތައް އެ ރަށަށް ގެންގޮއްސި އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރުގެ އިސްނެގުމަށް އެމްޓީސީސީން މަސައްކަތަށް ބޭނުންވާ އުޅަނދުތައް ދުވާފަރަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement

ނެރު ފުންކުރުމުގެ މަސައްކަތަށް މި އުޅަނދުތައް ދުވާފަރަށް ގެންގޮސްފައިވާއިރު ދުވާފަރު ކައުންސިލުން ވަނީ ދޮޅު މަހެއްހާ ދުވަސް ވަންދެން މިކަމުގެ ޝަކުވާ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާފަ އެވެ.

އެ ރަށުގެ ނެރުމައްޗަށް ވެލި އަރައި ތިލަވުމުގެ ސަބަބުން، ހިކި ދިޔައިގައި ދޯނިތައް ބީހުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ ހާދިސާއެއް މިދިޔަ ހަފްތާގެ ތެރޭގައިވެސް ހިނގި އެވެ.

ކަނޑު މަސްވެރިކަން ކުރާ ބޮޑެތި ސައިޒުގެ 10 ވަރަކަށް މަސްދޯންޏާއި ހުއިފިލަނޑާ ނެގުމާއި މަސްވެރިކަމުގެ އެހެން މަސައްކަތްތައް ކުރާ އުޅަނދުތައް ހިމެނޭ ގޮތުން ސާޅީހަކަށް އޮޑިފަހަރު އެ ރަށުގައި އޮވެ އެވެ.

Advertisement

އައިސް ޕްލާންޓެއް ހުންނާތީ އެހެން ރަށްރަށުގެ މަސްދޯނިފަހަރު ވެސް ވަރަށް ގިނައިން އެ ރަށަށް ދަތުރު ކުރެެ އެވެ.