Advertisement

11 ފުޅި ސެންޓު ވަގަށް ނެގި މީހަކު އެއް އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި

17 ސެޕްޓެންބަރު 2024 - 14:58 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކްރިމިނަލް ކޯޓު. މި މައްސަލަ ހިނގާފައި އޮތީ 2017 ވަނަ އަހަރު. --- ފޮޓޯ: އަދަދު ފައިލް


11 ފުޅި ސެންޓު ވަގަށް ނެގި މީހަކު އެއް އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި

17 ސެޕްޓެންބަރު 2024 - 14:58 2

މީހެއްގެ ކޮޓަރީގައި ހުރި ކަބަޑުސެޓެއްގެ ތެރެއިން 11 ފުޅި ސެންޓު ހުއްދަ ނެތި ނެގިކަން ސާބިތުވެ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް މީހެއްގެ މައްޗަށް އިއްވައިފި އެވެ.

މިއީ 2017 ގައި ހިނގި ހ. އެމްބްރީޒް ގޭގައި ގދ. ވާދޫ, ތާއިފް, އަހްމަދު ރުޝްދީ ދިރިއުޅެމުންދިޔަ ކޮޓަރި ތެރެއިން ސެންޓު ފުޅިތަކެއް ސ. ފޭދޫ, ސިލްސިލާގޭ, އަހްމަދު ނިޒާމް ނެގުމުން އޭނާގެ މައްޗަށް އުފުލި ދައުވާއެކެވެ.

ދައުލަތުން އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ނިޒާމް އޮތީ ތަހުގީގު މަރުހަލާގައި ދައުވާއަށް އިއުތިރާފުވިއިރު ޝަރީއަތުގައި އޭނާ ކުރީ ދައުވާއަށް އިންކާރެވެ. ނަމަވެސް, ތަހުގީގު ބަޔާން އެއްފަރާތް ކުރަން ޖެހޭ ގާނޫނީ ސަބަބެއް ޝަރީއަތަށް ބުނެދީފައި ނުވާ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ޝަރީއަތަށް ހުށަހެޅި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވަނީ ކަނޑައަޅުއްވާފަ އެވެ.

މި މައްސަލަ އެ ކޯޓަށް ވެއްދީ އޮގަސްޓު 16, 2018 ގަ އެވެ. އެހެންކަމުން, މި މައްސަލާގައި ހުކުމް ކޮށްފައި މިވަނީ 2,224 ދުވަސް ނުވަތަ ހަ އަހަރާއި މަސް ދުވަހެއް ފަހުންނެވެ.