Advertisement

ހެރޮއިން ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

about 19 hours 0

ކްރިމިނަލް ކޯޓު.


ހެރޮއިން ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

about 19 hours 0

ޑައިމޯފިން ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މއ. އާހިޔާވިލާ, އަބްދުالله ރިޔާޒުގެ މައްޗަށް ފެބްރުއަރީ 21, 2023 ގައި އުފުލި ދައުވާއެކެވެ.

އޭނާގެ އަތުން ޖެނުއަރީ 23, 2021 ގައި ފެނުނީ 0.0248 ގްރާމުގެ ޑައިމޯފިން ނުވަތަ ހެރޮއިން ކަމަށް ތަހުލީލު ރިޕޯޓުތަކުން ދެއްކިއިރު ތަހުގީގުގައި ދިން ބަޔާނުގައި އޭނާ ވަނީ ޑައިމޯފިން ބޭނުންކުރި ކަމަށް އިއުތިރާފުވެފަ އެވެ.

ހެރޮއިން ބޭނުންކުރުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ތިން އަހަރު ދުވަހަށް ޖަލަށްލުމެވެ. ހެރޮއިން ބޭނުންކުރާ މީހެއްގެ އަތުން ދެ ގްރާމަށް ވުރެ މަދުން ފެނިއްޖެނަމަ ބަލަނީ އެއީ ބޭނުންކުރުމަށް އަތުގައި ހުރި އެއްޗެއްގެ ގޮތުގަ އެވެ.

އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ގާޒީ މުހައްމަދު މިސްބާހު ހުކުމް ކުރެއްވީ އޭނާ ތިން އަހަރަށް ޖަލަށްލުމަށެވެ. ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތަަށް ބަލައި ތަންފީޒުކުރަން ޖެހެނީ ދެ އަހަރާއި 10 މަހާއި 11 ދުވަހުގެ ޖަލު ހުކުމެކެވެ.