Advertisement

ބޮކްސާގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައައެއްގައި މީހަކު އުމުރަށް ޖަލަށް

17 ސެޕްޓެންބަރު 2024 - 10:17 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ފުލުހުން ނައްތާލި މަސްތުވާތަކެތީގެ ތެރެއިން--- ފޮޓޯ:މުހައްމަދު ޝަހުޒާން/އަަދަދު


ބޮކްސާގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައައެއްގައި މީހަކު އުމުރަށް ޖަލަށް

17 ސެޕްޓެންބަރު 2024 - 10:17 0

އައްޑޫ ސިޓީއިން ފުވައްމުލަކަށް ދަތުރު ކުރާ ފެރީއެއްގައި ހުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ހުކުމްކޮށްފި އެވެ.

މ. ސެންޓްހެލީނާ، އަހުމަދު މިފްޒާލް ހައްޔަރު ކުރީ އައްޑޫސިޓީ ފޭދޫ އިން ފުވައްމުލަކަށް ފުރާ ފެރީ އިން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މަސްތުވާތަކެތި ފެނުނީ މިފްޒާލް ލައިގެން ހުރި ބޮކްސާގެ ތެރެއިންނެވެ. އެ މަސްތުވާތަކެތި އޭނާ ފުލުހުންނަށް ދިނީ އަމިއްލައަށް ނެގުމަށްފަހެވެ. މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކުރީ އޭނާ ބަލައި ފާސް ކުރުމަށްފަހު، ހަށިގަނޑުގައި އެއްވެސް އެއްޗެއް ފޮރުވާފައި ހުރިތޯ ސުވާލު ކުރުމުންނެވެ.

މަސްތުވާތަކެތި ފެނުނީ އޭނާގެ ބޮކްސާއިން ނެގި އިންސިއުލޭޝަން ޓޭޕު އޮޅާފައި އޮތް ޖޫސްޕެޓީ ކޮތަޅަކުންނެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި މަސްތުވާތަކެތީގެ ބަރުމިނުގައި 100.8972 ގްރާމް ހުއްޓެވެ.

ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަށް މިފްޒާލް އިންކާރު ކުރި ނަމަވެސް ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބެލުމަށްފަހު ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މިފްޒާލް 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއިރު އޭނާ ވަނީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ. އަދި ޖޫރިމަނާގެ ފައިސާ 12 މަސް ދުވަހުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ކޯޓުގެ ހުކުމުގައިވެ އެވެ.