Advertisement

ކުންފުނީގެ ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލު އޮތް ގޮތަށް ފާސްކޮށްފި

17 ސެޕްޓެންބަރު 2024 - 11:46 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޗެމްބަރުގައި. ސަރުކާރުން ބިލުތަކަށް ބަހުސް ކުރުން މަދުވެ ބިލުތައް ފާސްކުރަމުންދަނީ އަވަސް މުއްދަތެއްގައި --- ފޮޓޯ: މަޖިލިސް އިދާރާ


ކުންފުނީގެ ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލު އޮތް ގޮތަށް ފާސްކޮށްފި

17 ސެޕްޓެންބަރު 2024 - 11:46 0

ދައުލަތުގެ ކުންފުނިތަކުން، އަމިއްލަައަށް އެކުލަވައިލާ ހިންގާ ގަވައިދުގެ ދަށުން ކުންފުނީގެ ބޯޑަށް ޑިރެެކްޓަރުން އިތުރުކުރެވޭ ގޮތަށް ކުންފުނީގެ ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފި އެވެ.

މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ތިންވަނަ ޖަލްސާގައި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 85 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސެޕްޓެމްބަރު 11، ގަ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސަށް ފަހު ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ އިއްޔެ އެވެ. މިއަދުގެ ޖަލްސާގައި އެ ބިލަށް އެއްވެސް މެންބަރަކު ބަހުސެއް ނުކުރެ އެވެ.

މި ބިލު ދިރާސާ ކުރުމަށް އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުން ނިންމާލީ 10 ވަރަކަށް މިނެޓުންނެވެ. ސަރުކާރުން ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށް އަނބުރާ ތަޅުމަށް ފޮނުވަން ނިންމީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި އަށް މެންބަރުންގެ އިއްތިފާގުންނެވެ.

ކުންފުނީގެ ގާނޫނަށް ގިނަ ބަދަލުތަކެއް ގެންނަން ހުށަހެޅި އެ ބިލުގައި ބަދަލުކުރަން ހުށަހަޅާފައިވާ އެއް މާއްދާ އަކީ ކުންފުނިތަކުގައި ޑިރެކްޓަރުން ތިބޭނެ ގޮތް ބަޔާންކުރާ، 113 ވަނަ މާއްދާ އެވެ. އެ މާއްދާގެ (ރ) ގައި މިހާރު އޮތް ގޮތުން ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި އެންމެ މަދުވެގެން ތިބޭނެ ޑިރެކްޓަރުންގެ އަދަދު ކަނޑައެޅޭނީ އެހެން ގާނޫނަކުން، އެ ކުންފުންޏެއް އުފައްދާ ގާނޫނުން ނުވަތަ ގަރާރަކުންނެވެ.

އާ ބިލުގައި އޮތް ގޮތުން ކުންފުނީގެ ހިންގާ ގަވައިދުން ވެސް ބޯޑު މެންބަރުންގެ އަދަދު ކަނޑައެޅޭނެ އެވެ.