Advertisement

ޕީޖީ ކަމަށް އައްބާސް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

17 ސެޕްޓެންބަރު 2024 - 11:22 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީޖީގެ މަގާމަށް ގެންނަން މަޖިލީހުން މިއަދު ރުހުން ދިން އައްބާސް: އޭނާ މިހާރުވެސް ހުންނެވީ ރައީސްގެ ލީގަލް ސެކްރެެޓަރީގެ މަގާމުގަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ޕީޖީ ކަމަށް އައްބާސް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

17 ސެޕްޓެންބަރު 2024 - 11:22 0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް ސެކްރެެޓަރީގެ މަގާމުގައި އަދިވެސް ހުންނެވި އައްބާސް ޝަރީފު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ މަގާމަށް އައްބާސް އައްޔަން ކުރަން ރައީސް މުއިއްޒު އޭނާގެ ނަން ފޮނުއްވީ މަޖިލީހުގެ ދައުރުން ބޭރުން މި މަހު ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ. އެ ޖަލްސާ އޮތީ މި މަހު 11 ގަ އެވެ. އޭނާއާ އިންޓަވިއުކޮށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީން ފާސްކުރީ އިއްޔެ އެވެ.

އައްބާސް ޕީޖީގެ މަގާމަށް އައްޔަންކުރަން ރުހުން ދޭން މަޖިލީހުން ފާސްކުރީ މިއަދު އެވެ. މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވި 85 މެންބަރުންވެ ވޯޓު ދެއްވީ ޕީޖީގެ މަގާމަށް އައްބާސް ގެންނަން ރުހުން ދޭން ފެންނަ ކަމަށެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް ވަކިކުރަން އޮގަސްޓު 22، ގައި ބޭއްވި ޖަލްސާ ކުރިއަށް ދަނިކޮށް އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޝަމީމް އިސްތިއުފާ ދެއްވި ނަމަވެސް، އޭނާ މަގާމުން ވަކިކުރަން އެ ޖަލްސާގައި ވޯޓު ނަގައި، އެގޮތަށް ފާސްކުރި އެވެ.

ކޮމިޓީން އިއްޔެ ބޭއްވި އިންޓަވިއުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައްބާސް ވިދާޅުވީ ޕީޖީގެ މަގާމަށް އޭނާ ކުރިމަތިލައްވާ ވާހަކަ ނޫސްތަކުގައި ޖެހީ ކުށުގެ ރެކޯޑް ސާފުކުރަން ހުށަހެޅުއްވުމުން ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން އެއްވެސް ބޭފުޅަކު އެދިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވިއްޖެ ނަމަ އެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި މީހެއްގެ މޫނަކަށް ނުބައްލަވާނެ ކަމަށް ވެސް މިއަދުގެ އިންޓަވިއުގައި އައްބާސް ވިދާޅުވި އެވެ.