ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ރައީސް ނުވަތަ އެހެން ބޭފުޅަކު ވެސް ވިދާޅެއް ނުވޭ: އައްބާސް

އައްބާސް ޝަރީފް: ވިދާޅުވީ މަގާމަށް ހޮވިއްޖެ ނަމަ މަސައްކަތް ކުރައްވާނީ މިނިވަންކަމާއެކު ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އައްބާސް ޝަރީފް: ވިދާޅުވީ މަގާމަށް ހޮވިއްޖެ ނަމަ މަސައްކަތް ކުރައްވާނީ މިނިވަންކަމާއެކު ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީގަލް ސެކްރެެޓަރީގެ މަގާމުގައި އަދިވެސް ހުންނެވި އައްބާސް ޝަރީފު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ ރައީސް މުއިއްޒު ނުވަތަ ސިޔާސީ އެހެން ބޭފުޅަކު ވެސް ވިދާޅުވެގެން ނޫން ކަމަށާއި އެ މަގާމަށް ކުރިމަތިލައްވަން ނިންމެވިކަން އެހެން ބަޔަކަށް ނުވެސް އެނގޭނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އައްބާސް ވިދާޅުވީ ޕީޖީގެ މަގާމަށް އޭނާ ކުރިމަތިލައްވާ ވާހަކަ ނޫސްތަކުގައި ޖެހީ ކުށުގެ ރެކޯޑް ސާފުކުރަން ހުށަހެޅުއްވުމުން ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން އެއްވެސް ބޭފުޅަކު އެދިވަޑައިގެންފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޫހުގައި ޖެހި ހިސާބުން، [އަޅުގަނޑު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާކަން] އަޅުގަނޑާ އެކީ މަސައްކަތްކުރައްވާ ކެބިނެޓް މިނިސްޓަރުންނަށް ވެސް އެނގިވަޑައިގަތީ. އަޅުގަނޑަށް މިހާތަނަކަށް، އޭގެން މިނިސްޓަރެއްގެ ފަރާތުން ވެސް އަދި ވަރަށް ސާފުކޮށް، ރައީސުލް ޖުމްހޫރިއްޔާގެ ފަރާތު ވެސް ނޫނިއްޔާ ސިޔާސީ ބޭފުޅެއްގެ ފަރާތުން ވެސް މި މަގާމަށް ކުރިމަތިލާކަށެއް ވަކި ދަންނަވައިފައެއް ނެތް،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިމަތިލީ ފަހުން ބައެއް ބޭފުޅުން މަރުހަބާ ވިދާޅުވެ އޭނާއަށް މެސެޖް ކުރެއްވި އެވެ. ޕީޖީގެ މަގާމަށް ކުރިމަތިލެއްވީ އޭނާ ވިދާޅުވި ގޮތުގައި އެމަގާމާ އެކަށީގެންވާ ގާބިލުކަން ހުރުމާ އެކު ގައުމަށް ހިދުމަތް ކުރުމަށެވެ.

އޭނާ މި މޭރުމުން ވާހަކަ ދެއްކެވީ ޕީޖީގެ މަގާމަށް ކުރިމަތިލެއްވީ "ބަޔަކު ބޭނުންވެގެންތޯ" ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލު ސުވާލުކުރެއްވުމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވިއްޖެ ނަމަ އެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި މީހެއްގެ މޫނަކަށް ނުބައްލަވާނެ ކަމަށް ވެސް މިއަދުގެ އިންޓަވިއުގައި އައްބާސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox