Advertisement

ޑޮލަރުގެ އަގު ނުވެއްޓޭ، ކަޅު ބާޒާރުގައި 18.70ރ. އަށް ވުރެ މައްޗަށް

17 ސެޕްޓެންބަރު 2024 - 09:15 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޑޮލަރުގެ އަގު އުފުލޭ ޗާޓެއް. ޑޮލަރުގެ ރޭޓު އޮގަސްޓު މަހުގެ ފަހުކޮޅު 18.50 އަށް ވުރެ މައްޗަށް އުފުލުނު ގޮތަށް ތިރި ނުވޭ --- އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު


ޑޮލަރުގެ އަގު ނުވެއްޓޭ، ކަޅު ބާޒާރުގައި 18.70ރ. އަށް ވުރެ މައްޗަށް

17 ސެޕްޓެންބަރު 2024 - 09:15 0

ޑޮލަރުގެ އަގު ތިރިއަށްދާނެ ކަމަށް ސަރުކާރުން ބުނިތާ އެތައް މަހެ ވެގެން ދިޔައިރު ވެސް އެ އަގު ނުވެއްޓި ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 18.70ރ. އަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.

"އަދަދު" ނޫހުން މިއަދު އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ކަޅު ބާޒާރުގައި ޑޮލަރު ލިބެން ހުރީ 18.55ރ. އާއި 18.80ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑޮލަރުގެ މުއަމަލާތް ކުރުމަށް ބޭނުންކުރާ ވައިބާ ގްރޫޕްގައި ވެސް އަގުތައް ހުރީ މި ރޭޓުގަ އެވެ.

ޑޮލަރުގެ ރޭޓު އޮގަސްޓު މަހުގެ ފަހުކޮޅު 18.50 އަށް ވުރެ މައްޗަށް އުފުލުނު ގޮތަށް ތިރި ނުވެ އެވެ. މި އަހަރު ޑޮލަރުގެ އަގު އެންމެ ދަށަށް ދިޔައީ މިދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ދުވަސްވަރެވެ. އެއިރު ޑޮލަރެއްގެ އަގު 17.20ރ. އަށް ވެސް ހުއްޓެވެ.

ނަމަވެސް ސީޒަން ނިމި، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު މަދުވާން ފެށުމާއެކު އަނެއްކާ ވެސް ޑޮލަރުގެ އަގު އުފުލެން ފެށީ އެވެ.

ޑޮލަރުގެ އަގު އުފުލުނީ ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ މަސް ދުވަސް ވެސް ނުވަނީހެވެ.

ނަމަވެސް, ދެ މަސް ފަހުން ޑޮލަރުގެ އަގު މިވަނީ އޭރު ހުރި ރޭޓާ ބަލާއިރު 1.50ރ. އަގު ބޮޑުވެފަ އެވެ.