Advertisement

ޑޮލަރުން ޓެކްސް ނެގޭ ގޮތަށް އިންކަމް ޓެކްސް ގަވާއިދު އިސްލާހުކޮށްފި

12 ސެޕްޓެންބަރު 2024 - 21:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޑޮލަރުން ޓެކްސް ނެގޭ ގޮތަށް އިންކަމް ޓެކްސް ގަވާއިދު އިސްލާހުކޮށްފި

12 ސެޕްޓެންބަރު 2024 - 21:49 0

ޑޮލަރު އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތުގެ ދަށުން ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ އަތުން ސީދާ ޑޮލަރުން ޓެކްސް ނެގޭ ގޮތަށް އިންކަމް ޓެކްސް ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެޒެޓުކޮށްފައިވާ ގަވާއިދުގައި ވަނީ މި ހިނގާ އަހަރުގެ ޓެކްސް ޑޮލަރުން ނެގޭ ގޮތަށެވެ.

މިހެން ނަމަވެސް މި އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާނަށް މި ގަވާއިދުގައި އޮތް އުސޫލު ނުހިނގާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި މި ގަވާއިދުގައި އޮތް އުސޫލު ހިނގާނީ އަންނަ އޮކްޓޯބަރު 31، ގެ ފަހުން ހުށަހަޅާ ބަޔާންތައް ތައްޔާރުކުރުމުގައި ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އިންކަމް ޓެކްސް ގަވާއިދު މިހާރު އޮތް ގޮތުން ރުފިޔާ ނޫން ކޮންމެ ފައިސާއަކުން އާމްދަނީ ލިބުނަސް އެ މީހަކު ޓެކްސް ދަައްކަން ޖެހޭނީ ޑޮލަރުންނެވެ. ޑޮލަރު ނޫން އެހެން ފައިސާއަކުން އާމްދަނީ ލިބޭ މީހުން ޖެހެނީ ގަވާއިދުގައި ކަނޑައެެޅިފައި އޮތް ހަމަތަކުގެ ދަށުން ބަޔާން ތައްޔާރުކޮށް، ޑޮލަރުންނެވެ.

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ޓެކްސް ނަގަން ސަރުކާރުން ނިންމީ އޯގަސްޓު 25، ގައި ބޭއްވި ކެބިނެޓު ބައްދަލުވުމެއްގަ އެވެ.

"ކެބިނެޓުން އަޅުގަނޑުމެންނަށް މިއަދު ނިންމުނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރުގައި މިހާރު ބައެއް ހާލަތްތަކުގައި ރުފިޔާއިން އެބަ ފައިސާ ދައްކާ. މިސާލަކަށް ކޯޕަރޭޓް އިންކަމް ޓެކްސް އެ ކުންފުނިތަކުން މީރާއަށް ދައްކަނީ ދިވެހި ރުފިޔާއިން. އެހެން ނަމަވެސް ސަރުކާރުން ގާނޫނަށް އަދި ގަވާއިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން އަޅުގަނޑުމެން މިކަން ބަދަލުކުރާނަން،" އެ ބައްދަލުވުމަށްފަހު ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.