Advertisement

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަސް ބިދޭސީން އަތުލައިގަނެފި

5 ސެޕްޓެންބަރު 2024 - 21:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި ޑޮލަރުގެ ކަޅު ބާޒާރު ހިންގާ ފަސް ބިދޭސީއަކު އަތުލައިގަތުން -- ފޯޓޯ: އިމިގްރޭޝަން


ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަސް ބިދޭސީން އަތުލައިގަނެފި

5 ސެޕްޓެންބަރު 2024 - 21:56 0

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އުފައްދާފައިވާ ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެނެސްފި އެވެ.

އިމިގްރޭޝަނުން ބުނީ ޓާސްކުފޯސްއަށް ލިބުނު މައުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެތައް ލައްކަ ރުފިޔާއަކާއި ގިނަ އަދަދެއްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ވަނީ ފެނިފައި ކަމަށެވެ.

"މި މައްސަލައާއި ގުޅިގެން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރެވެމުން. އަދި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ވާހަކަ ދަންނަވަން،" އިމިގްރޭޝަނުން ބުންޏެވެ.

ޓާސްކްފޯސްއިން ހިންގި އޮޕަރޭޝަނެއްގައި ޑޮލަރުގެ ކަޅު ބާޒާރު ހިންގާ ފަސް ބިދޭސީއަކު އަތުލައިގަތުން -- ފޯޓޯ: އިމިގްރޭޝަން


ޓާސްކްފޯސްއިން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަދި ގަވާއިދާ ހިލާފު ކަންތައް ކުރަމުންދާ ބިދޭސީން ފާހަގަކޮށް، އެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓް ކުރަމުންނެވެ.

އެގޮތުން ބިދޭސީން ހިންގަމުން އަންނަ ވިޔަފާރިތައް ވެސް ޓާސްކްފޯސްއިން އަންނަނީ ހުއްޓުވައި، އެތަންތަން ބަންދުކުރަމުންނެވެ. އަދި ބިދޭސީން ނުތާހިރުކޮށް ހިންގާ ތަންތަން ވެސް ޓާސްކްފޯސްއިން އަންނަނީ ހުއްޓުވަމުންނެވެ.