Advertisement

ޓެން ހާގް ބުނީ އެންތަނީ އަށް ވެގެން ހާއްސަ ކަމެއް ނޯންނާނެ ކަމަށް

17 ސެޕްޓެންބަރު 2024 - 09:06 0


ޓެން ހާގް ބުނީ އެންތަނީ އަށް ވެގެން ހާއްސަ ކަމެއް ނޯންނާނެ ކަމަށް

17 ސެޕްޓެންބަރު 2024 - 09:06 0

މެންޗެސްޓާ (ސެޕްޓެމްބަރު 17) - ބްރެޒިލްގެ ވިންގް، އެންތަނީ އަށް މެންޗެސްޓާ ޔުނައިޓެޑްގެ މެޗުތަކުން ފުރުސަތު ދިނުމުގައި ވަކި އޭނާ އަށް ވެގެން ހާއްސަ ގޮތެއް ނޯންނާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އަޔަކްސް އިން މީގެ ދެ އަަހަރު ކުރިން ޔުނައިޓެޑުން އެންތަނީގެ ސޮއި ހޯދީ 100 މިލިއަން ޑޮލަރު ދައްކާ ގޮތަށެވެ. މިއީ، ޕައުލް ޕޮގްބާގެ ޓްރާންސްފާ އަށް ފަހު ޔުނައިޓެޑުން ދެ ވަނަ އަށް ކުރި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. އެކަމަކު، އެ އަގުގެ ކުޅުންތެރިއަކު ދައްކަން ޖެހޭ ކުޅުމާ ގާތަށް ވެސް އެންތަނީ އަށް އަދި ޔުނައިޓެޑްގައި ނުކުޅެވެ އެވެ. އެހެންވެ، ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ޕްރިމިއާ ލީގުގައި އެންތަނީ ކުޅުނު 55 މެޗުން ޖެހުނީ ފަސް ގޯލެވެ. އަދި ތިން ލަނޑު ޖަހަން އެހީތެރިވެދިނެވެ. މިދިޔަ ސީޒަނުގައި ލީގުގައި އެންތަނީ ޖެހީ އެއް ގޯލެވެ. އަދި ފުރުސަތު ތަނަވަސްކޮށްދިނީ އެންމެ ލަނޑަކަށެވެ.

މި ސީޒަނުގައި މިހާތަނަށް އެންތަނީ ކުޅެފައިވަނީ އެންމެ މިނިޓެކެވެ. އެއީ، ބްރައިޓަންއާ ދެކޮޅަށް ބަދަލަކަށް ކުޅެން އަރަ އެވެ.

ލީގު ކަޕްގެ ތިން ވަނަ ބުރުގައި ބާންސްލީއާ ދެކޮޅަށް ޔުނައިޓެޑުން ކުޅޭ މެޗުގެ ކުރިން، ޓެން ހާގް ބުނީ، އެންތަނީ ފަދަ ކުޅުންތެރިންނަށް ޓީމުން ފުރުސަތު ލިބެން އޮތީ ބުރަކޮށް ޓްރެއިނިންގައި މަސައްކަތްކޮށްގެން ކަމަށެވެ.

"އެބަ ސާބިތުކޮށްދޭން ޖެހޭ ޓީމުގައި ހިމެނުން އޭނާ އަށް ހައްގުވާކަން. ވަކި ކުޅުންތެރިއަކަށް ވަކި ގޮތެއް ނޯންނާނެ. މީގެ ޖެހޭނީ ޓީމަށް އަރަން ޖެހޭކަން ޕްރެކްޓިހުގައި ދައްކައިދޭން،" ޓެން ހާގް ބުންޏެވެ.

ޔުނައިޓެޑުން މި ވަގުތު ވިންގް މަގާމަށް ބޭނުންްްކުރާ މާކަޝް ރެޝްފޯޑް އާއި އަމަދު ޑިއާލޯ އަދި އަލެހަންދްރޯ ގާނާޗޯގެ ގޯލުތަކެއް ފެނިފައިވާއިރު، އެންތަނީ ވެސް އެ ގޮތަށް މެޗުގެ ތެރޭގައި ތަފާތު ދައްކަން ޖެހޭ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

އެންތަނީ، މި ވަގުތު، ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިިޔަލަށެވެ. އެއީ، ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭ ގޮތަށެވެ.

ތުރުކީގެ ބައެއް ކްލަބްތަކުން އެންތަނީ ލޯން ޑީލެއްގައި ގެންދަން ހުށަހެޅި ޕްރޮޕޯސަލަށް އޭނާ ވަނީ ފުރަގަސްދީފަ އެވެ.