Advertisement

ރިސޯޓު ހަދަން ދޫކުރާ ރަށްތަކުގެ ލިސްޓުގައި ކ. އަތޮޅުގެ ތިން ފަޅެއް ހިމަނައިފި، އެކުއިޒިޝަން ކޯސްޓެއް ނެތް

16 ސެޕްޓެންބަރު 2024 - 17:04 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކ. އަތޮޅުގެ ސެޓެލައިޓް ފޮޓޯއެއް. މި އަތޮޅުގެ ގިނަ ފަޅުތަކާއި ރަށްތަކަކީ ރިސޯޓު އޮޕަރޭޓު ކުރަމުންދާ ނުވަތަ ތަރައްގީ ކުރުމަށް ދީފައިވާ ރަށްތަކެއް --- ފޮޓޯ: ސެންޓިނެލް ޑޭޓާ


ރިސޯޓު ހަދަން ދޫކުރާ ރަށްތަކުގެ ލިސްޓުގައި ކ. އަތޮޅުގެ ތިން ފަޅެއް ހިމަނައިފި، އެކުއިޒިޝަން ކޯސްޓެއް ނެތް

16 ސެޕްޓެންބަރު 2024 - 17:04 0

ރިސޯޓު ހަދަން ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ލިސްޓަށް ބަދަލުތަކެއް ގެނެސް ކ. އަތޮޅުގެ ތިން ފަޅެއް އެ ލިސްޓުގައި ހިމަނައި ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކޮށްފި އެވެ.

މެއި 30, 2024 ގައި ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނަށް ބަދަލުތަކެއް ގެނައި އިރު އެއިރު އިއުލާނުކުރި ތިން ރަށެއް ވަނީ އުނިކޮށްފަ އެވެ. އޭރު މިނިސްޓްރީން އިއުލާނުކުރީ ރަށްތަކާއި ފަޅުތަކުގެ އެކުއިޒިޝަން ކޯސްޓާއެކު އެވެ.

ކުރީގެ އިއުލާނުން އުނިކުރި ރަށްތައް

  • ޅ. ދިއްފުށި އަދި ޅ. މައިދޫ (20.99+15.17 ހެކްޓަރު) - 18.58 މިލިއަން ޑޮލަރަށް
  • ތ. ކަނިމީދޫ (10 ހެކްޓަރު) - 2.75 މިލިއަން ޑޮލަރު
  • ގދ. ކަޅުހުއްޓާ (7.61 ހެކްޓަރު) - 951،250 ޑޮލަރު

ނަމަވެސް, މިއަދު އެއް ރަށާއި ހަ ފަޅު ލިސްޓުގައި ހިމަނައި އިއުލާނުކުރިއިރު އެކުއިޒިޝަން ކޯސްޓު ހިމަނާފައި ނުވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ކ. އަތޮޅުގެ ތިން ފަޅާއި, ބ. އަތޮޅުގެ ފަޅަކާއި, އދ. އަތޮޅުގެ ފަޅަކާއި, ވ. އަތޮޅުގެ ފަޅެއްގެ އިތުރުން ގދ. ރާވެރިންކޮޅިހުއްޓާ އެވެ.

މިފަހަރުގެ އިއުލާނުގައި އެކުއިޒިޝަން ކޯސްޓު ހިމަނާފައި ނެތް ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ކޯސްޓު ހިސާބުކުރާނީ މެއި 30, 2024 ގައި އެ މިނިސްޓްރީން ނެރެފައިވާ ތަވާލާ އެއްގޮތަށެވެ.

މި ފަޅުތަކަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ފަޅުގެ ވަކި ސަރަހައްދެއް ކުއްޔަށް ނެގުމަށް ހުށަހަޅާނަމަ އެ ސަރަހައްދާއި އެ ސަރަހައްދުގެ ބޮޑުމިން އެނގޭނެހެން ޕްރޮޕޯސަލްގައި ހިމެނުމަށް ޓޫރިޒަމް މިނިސްޓްރީން އެދެ އެވެ.

އެކުއިޒިޝަން ކޮސްޓަކީ ޓޫރިޒަމުގެ ބޭނުމަށް ދޫކުރެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭ ލީސްހޯލްޑު ހައްގުތައް ލިބިގަތުމަށްޓަކައި ކަނޑައަޅާ ފީއެކެވެ. އެއްވެސް ތަނަކާ ގުޅޭ އެއްބަސްވުމެއް ހެދޭނީ މި ފައިސާ ދިވެހި ދައުލަތަށް ދެއްކީމަ އެވެ.