Advertisement

ބަޔާން މޮޅުވިއިރު ކޭން އަށް ހެޓްރިކެއް

15 ސެޕްޓެންބަރު 2024 - 07:32 0


ބަޔާން މޮޅުވިއިރު ކޭން އަށް ހެޓްރިކެއް

15 ސެޕްޓެންބަރު 2024 - 07:32 0

މިއުނިކް (ސެޕްޓެމްބަރު 15) - ހެރީ ކޭންގެ ހެޓްރިކާ އެކު، ބަޔާން މިއުނިކުން 6-1 އިން ހޮލްސްޓަން ކިއެލް އަތުން މޮޅުވެ، ރަނގަޅު ފެށުން އިތުރަށް ވަރުގަދަކޮށްފި އެވެ.

ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި މި ސީޒަނުގައި ކުޅޭ ބަޔާނުން ލީގުގައި ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

ބަޔާނަށް ރޭގެ މެޗު ފަށައިގެން 13 ވަނަ ސިކުންތުގައި ލީޑުނަަގައިދިނީ ޖަމާލް މުސިއާލާ އެވެ. މިއީ ބަޔާނަށް ލީގުގައި ދެ ވަނަ އަށް އެންމެ އަވަހަށް ޖަހައިދިން ގޯލެވެ. އެންމެ އަވަހަށް ގޯލެއް ޖެހީ، 1998 ވަަނަ އަހަރު 11 ސިކުންތު ތެރޭގައި ލަނޑު ޖެހި، ޖިއޮވާނީ އެލްބާ އެވެ.

ކޭން ވަނީ ރޭގެ މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. މިއީ، 35 މެޗުގެ ތެރެއިން ކޭން ޖަރުމަނު ލީގުގައި ހެދި ފަސް ވަނަ ހެޓްރިކް އެވެ. އަނެއް ލަނޑު ބަޔާނަށް ޖަހައިދިނީ މައިކަލް އޮލީސޭ އެވެ. ދެން ޖެހި ގޯލަކީ، ކިއެލްގެ ނިކޯލާއި ރެމްބާގް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބަޔާނަށް ލީގުގައި ކުޅެދިން މެޗުތަކުގައި މިހާތަނަށް ކޭން ވަނީ 40 ގޯލު ޖަހައިފަ އެވެ.

މި ފަހަރު ލީގަށް ޕްރޮމޯޓްވި ކިއެލް އަށް ބަޔާން ކޮޅަށް ގޯލު ޖަހައިިދިނީ، އާމިން ގިގޯވިޗް އެވެ.

ރޭ ކުޅުނު މެޗުން، އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން ވަނީ ރަށުންބޭރުގައި 4-1 އިން ހޮފެންހައިމް ބަލިކޮށްފަ އެވެ. މިދިޔަ ހަފްތާގައި ލެވަކޫސަން ވަނީ އަމިއްލަ ދަނޑުގައި ލައިޕްޒިގު އަތުން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު، ލީގުގައި 35 މެޗަށް ފަހު ލެވަކޫސަން ބަލިވީ އެވެ. ރޭ ހޮފެންހައިމް ދަނޑުގައި، ލެވަކޫސަން ކާމިޔާބު ހޯދީ، މެޗުގައި މޮޅަށް ކުޅުމަށް ފަހު އެވެ.