13 ސެޕްޓެންބަރު 2024 - 20:54 0
ސާއިފް ޝިޔާދު
13 ސެޕްޓެންބަރު 2024 - 20:54 0
ނ. ވެލިދޫގައި ހިންގި ފުލުހުންގެ އޮޕަރޭޝަނެއްގައި 1.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހަ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ހާމަކުރި ގޮތުގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ރަށުގެ ބައެއް ގޭގެ ބަލައިފާސްކޮށް 1547.44 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ހާމަ ނުކުރެ އެވެ.
އެ އޮޕަރޭޝަނުގައި ހަތް މީހުން ހައްޔަރުކުރި އިރު އޭގެ ތެރެއިން އެކަކު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން އެކަކު އަށް ދުވަހަށް އަދި ދެން ތިބި ފަސް މީހުން ފަސް ދުވަހަށް ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.
އޭގެ ތެރެއިން އަށް ދުވަހަށް ބަންދުކުރީ އަހްމަދު މުރުޝިދު އެވެ. ފަސް ދުވަހަށް ބަންދުކުރީ އަބްދުالله ނިޝާދު, އަހްމަދު އަސީމް, އަހްމަދު ނައުޝާދު, އަލީ ރަޝީދު އަދި މުހައްމަދު މާއިދު އެވެ.
އެ މީހުންގެ އަތުން 50,000ރ. އަށްވުރެ ގިނަ ރުފިޔާ އާއި ޑޮލަރު ވެސް ވަނީ ހޯދާފަ އެވެ.
Comment