Advertisement

ޗައިނާ އާއި ރާއްޖެއާ ދެމެދު ރުފިޔާއިން މުއާމަލާތް ކުރެވޭ ގޮތަށް އެއްބަސްވުމެއް ސޮއިކޮށްފި

13 ސެޕްޓެންބަރު 2024 - 16:58 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީއާ ސަލާމް ކުރައްވަނީ. ޗައިނާއިން ދަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީވަމުން. ---- ފޮޓޯ; ރައީސް އޮފީސް


ޗައިނާ އާއި ރާއްޖެއާ ދެމެދު ރުފިޔާއިން މުއާމަލާތް ކުރެވޭ ގޮތަށް އެއްބަސްވުމެއް ސޮއިކޮށްފި

13 ސެޕްޓެންބަރު 2024 - 16:58 0

ޗައިނާ އާއި ރާއްޖެއާ ދެމެދު ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއީ ދެ ގައުމުން ވެސް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދިޔަ އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު ދެ ގައުމުގެ މެދުގައި ވިޔަފާރި ކުރަން އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

"މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ މެދުގައި ކަރަންޓު އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓުތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކުރެވި, ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓު ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ," އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި އެއްބަސްވުމާއެކު ޗައިނާއިން މުދާ އިމްޕޯޓް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި, ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރާ އިންވެސްޓުމަންޓުތައް އިތުރުވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު މިހާރު ވެސް އަހަރެއްގެ މައްޗަށް 700 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ. ރާއްޖެއަށް މުދާ އިމްޕޯޓު ކުރާ މައިގަނޑު އެއް ގައުމަކީ ޗައިނާ އެވެ.